ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެގްޒޭމިނަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުން

ނަންބަރު:  IUL)120/1/2019/28)

            

އިޢުލާން

 

އެގްޒޭމިނަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުން

މި ޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިހާނުތަކުގައި މަސައްކަތްކުރައްވާ އެގްޒޭމިނަރުންނާއި، އޮޑިޓަރުންނާއި، މޮޑަރޭޓަރުން އަދި މާކަރުންނާއި ކްލެރިކަލް އެގްޒޭމިނަރުން ފަދަ ފަންނީ މަސައްކަތްކުރައްވާ ފަރާތްތައް ރަޖިސްޓްރީކޮށް ބެލެހެއްޓުމުގެ ގޮތުން، "އެގްޒޭމިނަރުންގެ ދަފްތަރު" ގެ ނަމުގައި ދަފްތަރަކާއި އެކަމާގުޅޭ އުޞޫލެއް ތަޢާރަފުކޮށް، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 2018 ވަނަ އަހަރުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ. ދަފްތަރުގައި ރަޖިސްޓްރީ ވުމަށްފަހު މާކިންގ އާ ގުޅުންހުރި އެއްވެސް މަސައްކަތަކަށް ލިޔެކިޔުންތައް އިތުރަށް ހުށަހަޅަން ނުޖެހޭނެވާހަކަ ދަންނަވަމެވެ. އަދި އިމްތިޙާނުގެ ފަންނީ މަސައްކަތްތަކަށް 2018 ވަނަ އަހަރުން ފެށިގެން މީހުން ނަގަނީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތައް ކަމުގައި ވެސް ވާނީ ހަމަޖައްސާފައެވެ.  

ދެންނެވުނު އުޞޫލާއި، ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.dpe.edu.mv އިން ލިބެންހުންނާނެއެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 3009393، އާ ގުޅުއްވުން އެދެމެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ކަންކަން އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ދެންނެވީމެވެ.

       15  ޝައްވާލު   1440

       18  ޖޫން      2019

18 ޖޫން 2019
ހޯދާ