ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ކޮންސަލްޓަންސީގެ ޚިދުމަތް ދިނުން

އިޢުލާން

 

ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓަންސީގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަންބަރު:IUL)433-AFI/433/2019/5)

ތާރީޚު: 18 ޖޫން 2019

 

މަސައްކަތް

ކޮންސަލްޓަންސީގެ ޚިދުމަތް ދިނުން

ބޭނުންވާ އަދަދު

01

 

އުޖޫރަ

މަހަކު 15,000/-  ރުފިޔާ

ސެކްޝަން/ޔުނިޓް/ތަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން، އަދި ރެކޯޑް މެނޭޖްމެންޓް ސެކްޝަން

މަގާމުގެ މަސްޢޫލިއްޔަތު

-         ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ޤައުމީ އަރުޝީފަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު ޢަދާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން ކަނޑައަޅާ އާރކައިވްސް، ޕްރިޒަރވޭޝަން، ޑިޖިޓަލައިޒޭޝަން، ރިސަރޗް، މެނޭޖްމެންޓް އަދި މިނޫނަސް އެވަގުތަކަށް ކޮންމެހެން ކުރަންޖެހިގެން ޤައުމީ އަރުޝީފުން ކަނޑައަޅާ މަސައްކަތްތަކަށް ފަންނީ ލަފަޔާއި އިރުޝާދު ދީ އެކަންކަމާއިގުޅޭ ޕޮލިސީ ކަރުދާސްތަކާއި ރިޕޯޓްފަދަ ތަކެތި ތައްޔާރުކޮށްދީ ލަފާދިނުން،

-         ދިވެހި ދައުލަތުގެ ލިޔެކިޔުންތައް ކެޓަގަރައިޒްކޮށް އަރުޝީފު ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން،

-         ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދީ އެކަންކަމާއިބެހޭ މަޝްރޫޢުތައް އެކުލަވާލުން،

-         ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ މެނޭޖްމެންޓް ޕްރޮސީޖަރތަކާއި އެސް. އޯ. ޕީ. ތައް ތައްޔާރުކޮށްދިނުމާއި، އަރުޝީފުން ހަދަންޖެހޭ އެކިއެކި ޤަވާއިދުތަކާއި އުސޫލުތައް ތައްޔާރު ކޮށްދިނުން،

-         އަދި މިނޫނަސް އެއިރެއްގެ ހާލަތާއި ގުޅިގެން ޤައުމީ އަރުޝީފުން އެދޭ ފަންނީ މަސައްކަތްތައް ކޮށްދިނުން.

މަގާމުގެ ޝަރުތު

  1.  މަޤާމާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް އޮތުން،

ނުވަތަ،

  1. މަޤާމާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 05 އަހަރު ދުހުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (މީގެ ތެރޭގައި އަރުޝީފެއްގައި 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހިމެނެއެވެ).

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

-          ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން،

-          ވިސްނުންތޫނުކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން،

-          އޮޕަރޭޝަނަލް މަސައްކަތްތައް ރާވާހިންގުމުގެ ލަޔާގަތާ ޤާބިލިއްޔަތު ހުރުން.

-          އަރުޝީފުގެ ދާއިރާގެ ކޮންސަލްޓަންސީގެ ތަޖުރިބާ ހުރުން.

މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1-      ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2-      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3-      ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4-      ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށް ކޮންސަލްޓީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޤަޢުމީ  އަރުޝީފުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާއެވެ.)
  2. ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހަންޖެހޭ ފަދަ ސެޓްފިކެޓްތަކުގައި ތައްގަނޑު ޖަހާފައިވާ ލިޔުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ 1 (އެކެއް) ހަފުތާގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  3010966/ 3010930 އެވެ. ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމަށް އެދޭ ފޯމު ހުށައަޅާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އިދާރީ ބަޔަށެވެ. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށް ކޮންސަލްޓީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެދޭ ފޯމު ޤަޢުމީ  އަރުޝީފުގެ އިދާރީ ބައިން (މ. ވައިނުޖެހޭގެ 1 ގެ 03 ވަނަ ފަންގިފިލާ)، އަދި ރެކޯޑް މެނޭޖްމެންޓް ސެކްޝަން (ޤައުމީ ދާރުލްއާސާރު ޢިމާރާތުގެ 02 ވަނަ ފަންގިފިލާ) އިންނާއި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވެބްސައިޓުން ލިބެން ހުންނާއެވެ. ނޯޓް: މިމަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

18 ޖޫން 2019
ހޯދާ