މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރެއިން ދެދާއިރާއަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް  ކުރިމަތިލެވޭ ދާއިރާތަކުގެ ތެރެއިން ދެދާއިރާއަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

 

      މި މިނިސްޓްރީގެ އިޢުލާން ނަންބަރު: (IUL)459-DR/459/2019/10)  އާއި ގުޅިގެން ދަންނަވަމެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ހުޅުވާލި އެވޯޑަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން ބައެއް ދާއިރާތަކަށް އާންމުން ކުރިމަތިލާފައި ނުވާތީ އެ ދެ ދާއިރާއަށް ކުރިމަތިލުމުގެ ފުރުޞަތު 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ14:00 އަށް ވަނީ އިތުރުކުރެވިފައެވެ. މިދެންނެވި ދެ ދާއިރާއަކީ

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަޞީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ

- ޚާއްޞަ ދާއިރާ

 

      އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ގ. ބިއްލޫރިޖެހިގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް    www.gender.gov.mv އަދި މިނިސްޓްރީގެ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.

 

 

18 ޖޫން 2019

18 ޖޫން 2019
ހޯދާ