އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅުގޭގެ ބިމުގެ ރަޖިސްޓަރީ ހެދުމާއި ބެހޭ:

ކުރިން އަރިއަތޮޅު އުތުރުބުރީ އަތޮޅުގޭގެ ގޮތުގައި ބޭނުން ކުރަމުން ގެންދިޔަ ޢިމާރާތް އެހެންތަނަކަށް ބަދަލު ކުރުމަށްޓަކައި، އެ ޢިމާރާތުގެ ބަދަލުގައި 24 ޖެނުއަރީ 1995 ގައި އއ.ރަސްދޫ އިން ނަގައިދެއްވާފައިވާ 15588.05 އަކަފޫޓްގެ ބިމުގެ ރަޖިސްޓަރީ "އަރިއަތޮޅު އުތުރުބުރީ އަތޮޅުގޭގެ " ނަމުގައި ހެދުމަށް ވަނީ އެދިލައްވާފައެވެ. ( އަދި އއ.އަތޮޅުގޭގެ ޢިމާރާތް މިހާރުވެސް ބޭނުން ކުރަމުން އެ ގެންދަނީ އަލަށް ނަގާ ދެވިފައިވާ ބިމުގައެވެ.)

ވީމާ، މިރަށު ކަނދުގަސްމަގުގެ އުތުރުން، ވެލިގަނޑުމަގުގެ ހުޅަނގުން، ވިލާނުފަންނުމަގުގެ ދެކުނުން، އއ.އަތޮޅު ކައުންސިލްގެ އިރުން އެވާ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދަލާއި، އެންމެހާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އއ.ރަސްދޫ ކައުންސިލަށް ލިއުމަކުން ހުށައެޅުއްވުމަށް ދެންނެވީމެވެ.

އަދި، މަތީގައި ދެންނެވިފައިވާ ތާރީޙުގެ ކުރިން އެ ބިމުގައިވާ  އެންމެހައި ތަންތަނާއި، ތަކެތީގެ މިލްކުވެރި ކަމާމެދު އެއްވެސް ފަރާތަކުން މި ކައުންސިލަށް ސަކުވާއެއް ހުށައަޅުއްވާފައި ނުވާނަމަ " އަރިއަތޮޅު އުތުރުބުރީ އަތޮޅުގޭގެ " ނަމުގައި  އެ ބިމުގެ ރަޖިސްޓަރީ ހަދާ އއ.އަތޮޅު ކައުންސިލްއާއި ހަވާލު ކުރެވޭނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ޖޫން 2019
ހޯދާ