މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ވަޒީފާގެ ފުރުސަތު

ކޮންސަލްޓަންޓް

 

"ކޮންސަލްޓަންސީ ފޮރ ޑެލިވަރިންގ ޕްރޮޖެކްޓްސް ކޯޑިނޭޝަން މެންޑޭޓް އިން ދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް" ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

މަތީގައި ދެންނެވިފައިވާ ކޮންސަލްޓަންސީއާ ގުޅޭ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި:  މި ވަޒީފާއަށް ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްޑްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް ”Application for Consultant“ މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

17 ޖޫން 2019
ހޯދާ