ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
ރިލީފްޓީޗަރުން ހޯދުމާގުޅޭ

c

 

 ނޫމަރާ ސްކޫލް

  ނޫމަރާ، ދިވެހިރާއްޖެ                                           ނަމްބަރ: GS102/IUL/2019/18

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް:                         ރިލީފް ޓީޗަރ ( ކޮންޓްރެކްޓް އެކަޑަމިކް އަހަރު ކިޔެވުން ނިމެންދެން )

ބޭނުންވާ އަދަދު:                   01

ވަޒީފާއޮތް އޮފީސް:                 ށ.ނޫމަރާ ސްކޫލް

ގިންތި:                         ވަގުތީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       އެކަޑަމިކް ސެކްޝަން ، ނޫމަރާ ސްކޫލް / ށ.ނޫމަރާ

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. ދަރިވަރުންނަށް އުނގަންނައި ދިނުމުގެ އެންމެހައި ޙަރަކާތްތައް ރާވާ ހިންގުން.
  2. ޓައިމްޓޭބަލް އާއި އެއްގޮތަށް ކިޔަވައިދިނުން.
  3. ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާ ހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތި ކުރުމަށް މަސައްކަތް ކުރުން.
  4. މުޖްތަމައާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށް ހެދުން.

ޝަރުތު:                                

 

ކުރިމަތިލާ ފަރާތުގެ އެންމެ މަތީ ފެންވަރަކީ

މުސާރަ ( މަހަކު )

ސަރވިސް އެލަވަންސް (މަހަކު)

* ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

4500.00 ރ

1500.00 ރ

* މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

5500.00 ރ

1500.00 ރ

* ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00 ރ

2500.00 ރ

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ސިވިލްސާރވިސްއަށް ވަނުމަށް ދެވޭ އިމްތިހާނުގެ ނަތީޖާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަވިއުއަށް ބަލައިގެން.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށައެޅުމުންނެވެ.                            

އިންޓަރވިއު ކުރުން

 

  • ·         މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ކުރެވޭ އިންޓަވިއު 2019 ޖޫން 27 ވާ ބުރާސްފަތި ދުވަހު މި ސްކޫލްގައި އޮންނާނެވާހަކަ ދެންނެވީމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމް ށ.ނޫމަރާ ސްކޫލްގެ ރަސްމީ ގަޑި ކަމަށްވާ ހެނދުނު 08:00 ން މެންދުރުފަހު 14:00 ދެމެދު ސްކޫލުންނާއި ސިވިލް ސަރވިސް ގެ ސައިޓު ) އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ނުވަތަ އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ށ. ނޫމަރާ ސްކޫލަށް އެޑްރެސްކޮށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ޖޫން  25 ވާ އަންގާރަ ހެނދުނު 11:00 އެވެ.

 

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުންށ. ނޫމަރާ ސްކޫލްގެ ނަންބަރު 6540583 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

17 ޖޫން 2019

 

 

 

17 ޖޫން 2019
ހޯދާ