ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ކައުންސިލް އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ގދ. ރަތަފަންދޫ ކައުންސިލް އިދާރާގެ ތިރީގައިއެވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުން ވެފައެވެ.

  • ކައުންސިލް އިދާރާގެ އިމާރާތުގެ އެތެރެއާއި ބޭރު ފާރުގައިހުރި ރެނދުތައް ބައްދާ ފާރުގެ އަޑިގުޑަންތައް އެއްވަރު ކުރުން.
  • ކައުންސިލް އިދާރާގެ އިމާރާތުގެ އެތެރެއާއި ބޭރުގައި ހުރި ކުލަ ކަހާ ސާފު ކުރުމަށްފަހު އަލުން ކުލަލުން.
  • އިމާރާތުގައި އަލަށް އަޅާފައިވާ ބައެއް ކޮމްޕިއުޓަރ ނެޓްވޯކް އަދި ބައެއް ފޯން ކޭބަލްތައް ކޭސިންއަށް އަޅާ ތަރުތީބު ކުރުން.
  • ސައިކޮޓަރީގައި ކައުންޓަރެއް ހަދާ ސިންކެއް ހަރުކޮށް ފެންވައިރު ކުރުން.
  • އިދާރާގެ ގޯތިތެރޭގައި ހުރި ސިމެންތި 2 ތާނގި ގުދަނެއް ގެ ގޮތުގައި ބޭނުންކުރުމަށްޓަކާ އެތެރެއަށް ވަދެ ނިކުމެވޭނެހެން ދޮރާއި ދޮރުފަތް ހަރުކޮށް ކަރަންޓު ވައިރު ކުރުން

ވީމާ، މި އިދާރާއިން ފޯރުކޮށްދޭ ތަކެތީގެ އިތުރުން އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2019 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖޫން 2019 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތް ކުރުމާއިގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާ ނަމަ އެކަން ބަޔާންކޮށް އަންދާސީހިސާބާއިއެކު ލިޔުމެއް ހުށަހަޅަންވާނެއެވެ.

16 ޖޫން 2019
ހޯދާ