ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރެޖިސްޓްރަރ

ވަޒީފާގެ ފުރުޞަތު

 މަޤާމް:                  ރެޖިސްޓްރަރ

 މަޤާމުގެ ކްލެސިފިކޭޝަން:      އެކެޑެމިކް

ބޭނުންވާ ޢަދަދު:             1

މަޤާމުގެ މުއްދަތު:            ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   

  • ޕީ.އެޗް.ޑީ ނަމަ، މުސާރަ މަހަކު: 15,246.00ރ، ސާރވިސް އެލަވަންސް: 6،534.00ރ
  • މާސްޓަރ ނަމަ، މުސާރަ މަހަކު: 12,687.50ރ، ސާރވިސް އެލަވަންސް: 5,437.50ރ
  • ޓެނުއަރޝިޕް އެލަވަންސް މަހަކު: 12،000.00 ރުފިޔާ
  • ފޯން އެލަވަންސް މަހަކު: -/500 ރުފިޔާ

ތަޢުލީމީ ޝަރުޠުތައް:

  • ރެޖިސްޓްރަރކަމަށް ހަމަޖެއްސޭނީ ދަށްވެގެން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ފެންވަރުގެ ސަނަދެއް އެޑިއުކޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ޙާޞިލުކޮށްފައިވާ މީހެކެވެ. ޓަރމިނަލް ޑިގްރީއެއް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ތަޖުރިބާ:

  •   މަދުވެގެން ތިން އަހަރު ދުވަހުގެ ހިންގުމުގެ ނުވަތަ ޓާރޝަރީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހުރުން

     މަތީ ހަރުފަތްތަކުގައި މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ (މެނޭޖްމަންޓްގެ) ތަޖުރިބާ ހުރުން. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ ހިންގުމުގެ (މެނޭޖްމަންޓްގެ) ތަޖުރިބާކަމުގައި ބަލާނީ، ދަށްވެގެން އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. ޓާރޝަރީ (މަތީ ތަޢުލީމުގެ ދާއިރާގައި) ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނޭނެއެވެ. މާކްސް ދިނުމުގައި ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ. ޕާޓްޓައިމް ވަޒީފާތަކުގެ ތަޖުރިބާ މާކްސް ދިނުމުގައި ނުގުނޭނެއެވެ.

މަޤާމުގެ ބައެއް ޝަރުޠުތައް:

  • މަޤާމުގައި ހުންނަ މީހަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ޔުނިވަރސިޓީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ.
  • ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު:

މަޤާމުގެ މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ.

  • ޔުނިވަރސިޓީގެ މަޤްޞަދު ޙާޞިލުކުރުމަށް ތައްޔާރުކޮށްފައިވާ ސްޓްރެޓެޖިކް ޕްލޭން، ބިޒްނަސް ޕްލޭން، އަދި އެކްޝަން ޕްލޭންގައިވާ ގޮތަށް ކޯސްތަކަށް ދަރިވަރުން ހޯދުމުގައި ކިޔަވާދޭ މަރުކަޒުތަކާ ގުޅިގެން އިސްވެ ޙަރަކާތްތެރިވުން.
  • އެކެޑެމިކް ކަލަންޑަރާއި ޔުނިވަރސިޓީގެ އުޞޫލުތަކާ އެއްގޮތަށް ކޯސްތަކަށް ދަރިވަރުން ހޮވުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްކުރުމާއި ދަރިވަރުންގެ ރެޖިސްޓްރޭޝަންގެ ކަންތައް ބެލެހެއްޓުން
  • ޔުނިވަރސިޓީގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ޕާރސަނަލް އަދި އެކެޑެމިކް ރެކޯޑުތައް ބެލެހެއްޓުން އަދި ޔުނިވަރސިޓީގެ ކޮމިޔުނިޓީއަށް ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާބެހޭ ކަންކަމުގައި ރިސޯސެއްގެ ގޮތުން ޚިދުމަތް ކުރުން.
  • ސްޓޫޑެންޓް އިންފޮމޭޝަން ސިސްޓަމުން ދަރިވަރުންނަށް އޮންލައިންކޮށް ރެކޯޑުތައް ފެންނާނެ ރަނގަޅު އިންޒާމެއް ހަމަޖެއްސުން.
  • ދަރިވަރުންގެ އެކެޑެމިކް ޓްރާންސްކްރިޕްޓްތައް ތައްޔާރުކޮށް ދޫކުރުމާއި ދަރިވަރަކު ކޯހެއް ފުރިހަމަ ކުރުމަށްފަހު ލިބިފައިވާ ސެޓްފިކެޓް ގެއްލުމުން ނުވަތަ ހަލާކުވުމުން، ނުވަތަ ބަދަލެއް ގެންނަން ޖެހިގެން ހުށަހަޅައިފަނަމަ އޭގެ ބަދަލުގައި ސެޓްފިކެޓް ހަދާދިނުމާ ބެހޭ އުޞޫލުތައް ހިންގުމާއި ސެޓިފިކެޓްތައް ހަދައިދިނުން.
  • އެވޯޑުތައް ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ދަރިވަރުންގެ ރެކޯޑުތައް ގިނަދުވަހު ރައްކާކުރެވޭ ތަނެއްގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި ފަހަށް ރައްކާކުރެވިފައިވާ ރެކޯޑުތައް އެކިއެކި ކަންކަމަށް ބޭނުންވުމުން، ފަސޭހައިން އަވަހަށް ލިބޭނޭގޮތެއް ހަމަޖެއްސުން.
  • ކުރީގެ ދަރިވަރުންނާއި ޔުނިވަރސިޓީގައި ކިޔަވައިދޭ ތަންތަނަށް އަންނަ ބަދަލުތަކާއި ޔުނިވަރސިޓީއިން ހިންގާ ކޯސްތަކުގެ ސްޓްރަކްޗަރ އަދި އެކްރެޑިޓްކުރުމުގެ ކަންތައްތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބަލެހެއްޓުން.
  • ކޯސްތަކާއި ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސްނެގުން. މިކަމުގެ ތެރޭގައި، ސިސްޓަމް ޑިޒައިން ކުރުމުގައި އެހީތެރިވުމާއި ބެކަޕް މަސައްކަތްކުރުން ކަށަވަރު ކުރުމާއި ޑޮކިއުމަންޓް ކުރުމާއި އަޕްޑޭޓް ކުރުން ހިމެނެއެވެ.
  • ކޯސްތަކާއި އެކެޑެމިކް ކަންތައްތަކާ ގުޅިގެން ހަމަޖެހިފައިވާ ޤަވާޢިދުތަކާއި ސިޔާސަތުތައް ތަންފީޒުކުރުން. މި މަސައްކަތު ތެރޭގައި، ދަރިވަރުންގެ އެކެޑެމިކް ސްޓޭންޑިންގ ބެލުމާއި ދަރިވަރުން ވަކިކުރުމާއި ވެއްދުމާއި އެއްޓާމުން އަނެއް ޓާމަށް ދަރިވަރުން ރަޖިސްޓްރީ ކުރުމާއި ޑީނުންނާއި ސެންޓަރުތަކުގެ ވެރިންގެ އޮނަރ ލިސްޓު އެކުލަވާލުން ހިމެނެއެވެ.
  • ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް އޯވަރސީ ކުރުމާއި އެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރާމާއި ތަމްރީނުކުރާމާއި މައްސަލަތައް ޙައްކުރުމާއި ފެންވަރު ވަޒަންކުރުމާއި އެކަމާގުޅިގެން ޕާރސަނަލް ސެކްޝަނަށް ހުށަހެޅުންތައް ހުށަހެޅުން، މުވައްޒަފުންގެ ފަރާތުން އެންމެ އެދެވޭ ޚިދްމަތް ނެރުމަށް އެމުވައްޒަފުންގެ ރޫޙު މަތިކޮށް ހިތްވަރު ދިނުމަކީ މި މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެކެވެ.
  • އެކަޑެމިކް ޓްރާންސްކް ރިޕްޓް ޕްރޮސެސް ކުރުމާއި ދަސްވެނި ވުމަށް ބޭނުންވާ މަޢުލޫމާތު ވިލަރެސް ކުރުމާއި ޚާއްޞަ ޕްރޮގްރާމްތަކާ ބެހޭ ސަނަދުތައް ތައްޔާރުކުރުމާއި ތަފާސް ހިސާބުތައް އެއްކޮށް ރިޕޯޓްތައް އެކުލަވާލުން.
  • ދަރިވަރުންގެ ގްރޭޑްތަކާ ބެހޭގޮތުން މަޢުލޫމާތު ބޭނުންވާ ފަރާތަކަށް ޖަވާބުދާރީވުމާއި ދަރިވަރުންގެ ރެކޯޑުތަކާ ބެހޭގޮތުން އުފެދޭ މައްސަލަތައް ޙައްލުކުރުން.
  • ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައި އެންމެ އެދެވޭގޮތަށް ހިންގުމަށްޓަކައި މަސައްކަތުގެ އުޞޫލުތައް އެކުލަވާލައި އިސްކަންދޭ ކަންތައްތައް ތަރުތީބުކޮށް މިބައިތައް ތަރައްޤީކުރުން.
  • ޔުނިވަރސިޓީގެ ސިޔާސަތުތަކާއި މަޤްޞަދުތަކާއި ރޭވުންތައް ރޭވުމުގައި ބައިވެރިވެ މިކަންކަން ޙާޞިލްކުރުމަށް ކުދި މަޝްރޫޢުތައް އެކުލަވާލައި ހިންގުން.
  • އައު ޕްރޮގްރާމްތަކާއި މިހާރު ހިންގާ ޕްރޮގްރާމްތައް ޕްރޮމޯޓުކުރުމާއި ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ޖަލްސާ ތަކުގައި ދަރިވަރުންގެ ޚިދްމަތްތަކާ ބެހޭބައި ނުވަތަ ޔުނިވަރސިޓީ ތަމްޘީލުކުރުން.
  • ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އުފައްދަންޖެހޭ ސިޔާސަތުތަކާއި މަސައްކަތު އުޞޫލުތައް ކަނޑައަޅާ ތަރައްޤީކުރުން.
  • އަހަރީ ބަޖެޓު އެކުލަވާލުމާއި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބަޔަށް ކަނޑައެޅިފައިވާ ބަޖެޓު ހިންގުމުގައި އެހީތެރިވުން
  • ދަރިވަރުންގެ ރެކޯޑުތަކާބެހޭ ސިޔާސަތުތަކާއި އެތެރެއާއި ބޭރުގެ މަޢުލޫމާތުތައް ތަފާސްކުރުން. އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕުކުރެވޭ ފެންވަރަކަށް ގެނެސް ހުށަހެޅުން. މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އިސްވެ ބަޔާންކުރެވުނު ކަންތައްތައް ފިޔަވައި ޙަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން.

މަޤާމާއި ގުޅޭ ބައެއް މަޢުލޫމާތު ޔުނިވަރސިޓީގެ "ރެޖިސްޓްރަރ ޢައްޔަނުކުރާ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މި މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން https://www.ium.edu.mv/gazette/registrar-policy/ ލިބިވަޑައިގަންނަވާނެއެވެ. 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

    • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
    • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
    • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
    • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދެވޭނީ އަދާކުރަމުންދާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
    • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 27 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 12:00 އަށެވެ. ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.
16 ޖޫން 2019
ހޯދާ