މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އައި.ޓީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

މުސާރަ:

-/5500 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4400 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/3000ރ - -/4500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ކޮމްޕިއުޓަރ، ޕްރިންޓަރ،އެކްސެސް އަދި އައިޓީ އިކުއިޕްމެންޓްސް އިންޓޯލްކޮށް ސެޓަޕްކޮށް ބެލެހެއްޓުން.

ނެޓްވޯކް އެޅުމާއި ،ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ބެލެހެއްޓުން.

ޕީއޭބީއެކްސް،ރޭޑިޔޯ ލިންކް އަދި މިނޫންވެސް ޓެލެކޮމިއުނިކޭޝަން އިކުއިޕްމެންޓް ސެޓަޕްކުރުމާއި ބެލެހެއްޓުން.

- ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށް ސެޓަޕްކުރުމާއި ބެލެހެއްޓުން.

- އެމް.ޕީ.އެލްގެ ދަށުން ހިންގާ އެހެނިހެން ރިމޯޓް ސައިޓްތަކަށް (މާލެއިން ބޭރު ސައިޓްތައް) ދިއުމާއި އައިޓީ ސަޕޯޓް ދިނުން.

- ޑިޕާޓްމަންޓްގައި ކުރާ އެހެނިހެން އައިޓީ މަސައްކަތްތަކުގައި މަސްޢޫލުވެ އުޅުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ޝިފްޓް އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތް ކުރަންޖެހޭ ތަން :

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

 2019 ޖޫން 22 ވާ ހޮނިހިރު ދުވަހުގެ 15:30ގެ ކުރިން.

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 

އަދި މި ކުންފުނީގެ ވެބްސައިޓް www.port.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.

15 ޖޫން 2019
ހޯދާ