މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބޭސް އިމްޕޯރޓުކުރުމުގެ ހުއްދަ އަދި ވިއްކުމުގެ ހުއްދަ

އިޢުލާން

                    

             މިއޮތޯރިޓީގެ އިޢުލާނު ނަންބަރ: (IUL)182-MTG/2016/12 ) (މެއި 02 2016 ) އާއި (IUL)182-MTG/2016/19) ހަވާލާދީ ދަންނަވަމެވެ. ރާއްޖެއަށް ވިޔަފާރީގެ ގޮތުގައި ބޭސް އިމްޕޯރޓުކޮށް ވިއްކޭނީ ބޭހާއިބެހޭ ގަވާއިދު (ނަމްބަރ: 2014/R-46) ގައިވާ ގޮތުގެ މަތިން މިއޮތޯރިޓީގައި ބޭސް އިމްޕޯރޓުކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީ ވެގެންނެވެ. ނަމަވެސް ބޭހުގެ ގޮތުގައި ކެޓަގަރައިޒް ކުރެވިފައިވާ ބައެއް ޕްރޮޑަކްޓް ތައް އާއްމުފިހާރަތަކާއި ސްޕާތަކާއި، ސެލޫންތަކާއި ޖިމްތަކުންވެސް އިމްޕޯރޓުކޮށް ވިއްކަމުންދާކަން ދަނީ ފާހަގަކުރެވެމުންނެވެ.

 

                ވީމާ، "ބޭސް އިމްޕޯރޓުކުރުމުގެ ހުއްދަ އަދި ވިއްކުމުގެ ހުއްދަ" ނެތި  ބޭސް އިމްޕޯރޓުކޮށް ވިއްކުމަކީ މަނާކަމެއްކަމުގައި އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

                އިތުރުމައުލޫމާތު މިއޮތޯރިޓީގެ ނަމްބަރ: 3014322   އިން ލިބިވަޑައިގަންނަވާނެއެވެ

13 ޖޫން 2019
ހޯދާ