މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ މަޤާމަށް މީހަކު ހޯދުން

އިޢުލާނު 

މަޤާމް:

ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމުގެ ނަންބަރު:

J-118037

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންފޮމޭޝަން ޓެކްނޯލޮޖީ ޔުނިޓް / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މުސާރަ:

މަހަކު 5610.00 ރުފިޔާ،   

ސަރވިސް އެލެވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.'
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700ރ (ހަތްސަތޭކަ ރުފިޔާ)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. މިނިސްޓްރީގެ ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.

2. މިނިސްޓްރީގައި ބޭނުންކުރާ ސޮފްޓްވެއަރތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

3. އިންފޮމޭޝަން ޓެކްނޯލޮޖީއާއި ގުޅޭގޮތުން މިނިސްޓްރީއަށް ހޯދަންޖެހޭ ތަކެތި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހޯދުން.

4. މި މިނިސްޓްރީން ހިންގާ ޙަރަކާތްތަކުގެ ޚަބަރާއި މިނިސްޓަރގެ ދަތުރުފުޅުތަކާއި، މިނިސްޓަރ ނިންމަވާ މުޙިއްމުކަންކަމާބެހޭ ޚަބަރު ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ވެބްސައިޓްގައި ޝާއިޢުކުރުން.

5. މަރާމާތްކުރަންޖެހޭ އައިޓީ ސާމާނު މަރާމާތުކުރުމާއި އަދި ބާވެ ހަލާކުވެ ބޭނުންނުކުރެވޭ ތަކެތި ހަމަޖެހިފައިވާ ޤަވައިދުގެ ދަށުން ނީލަމަށް ފޮނުވުމަށްޓަކައި ކަމާބެހޭ ޔުނިޓައް ފޮނުވުން.

6. މިނިސްޓްރީގެ ނެޓްވާރކަށް މައްސަލަައެއް ދިމާވެއްޖެނަމަ އެކަން ރަނގަޅު ކުރުވުމާއި، އިތުރުތަނަކަށް ނެޓަވާރކް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

7. މިނިސްޓްރީގައި ބޭނުންކުރާ އިންފޮމޭޝަން ޓެކްނޯލޮޖީއާއިގުޅޭ ހުރިހާ ތަކެއްޗެއްގެ ދަފްތަރު ބެލެހެއްޓުން.

8. މިނިސްޓްރީގެ ތަފާތު ތަންތަނަށް އިތުރުކުރަންޖެހޭ ފޯނުލައިންތަކާއި، އުވާލަންޖެހޭ ފޯނުލައިންތަކާ ބޭނުންވާ ޓެލެފޯން ހޯދައިދިނުމާއެކު ފޯނަށް ދިމާވާ އެންމެހައި މައްސަލަތައް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ޙައްލުކޮށްދިމުނުގައި އެހީތެރިވުން.

9. މިނިސްޓްރީން އިންތިޒާމްކުރާ ޖަލްސާތަކާއި އިވެންޓްތައް ބާއްވާތަނަށް ބޭނުންވާ އައިޓީއާ ގުޅޭ ތަކެތި ގުޅައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

10. އިސްލާމި މަރުކަޒުގެ އެންމެހައި ތަންތަން އަދި މިނިސްޓްރީގެ އެންމެހައި ތަންތަން މަރާމާތުކުރުމަށް އައި.ޓީއިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

11. އީ-ގަވަރންމަންޓް ނިޒާމް ބޭނުންކުރުމަށް މުވައްޒަފުން ތަމްރީންކޮށް އަހުލުވެރިކުރުވުމާއި އީ. ގަވަރންމަންޓް ނިޒާމަަށް ގެންނަށް ޖެހޭ ބަދަލުތައް ކަމާއިބޭ ފަރާތްތަކާއި ގުޅިގެން ޙައްލުކޮށްދިނުން.

12. އައި. ޓީއާއި ގުޅޭގޮތުން ހޯދަންޖެހޭ ތަކެތީގެ ތަފްސީލް އަހަރީ ބަޖެޓް ހިމެނުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް ބަޖެޓްސެކްޝަނަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

13 އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ކޮމްޕިއުޓަރ ސައިންސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ސަޕޯޓް އޮފިސަރ (އެމް.އެސް 1)

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

65

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން

/ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

 

 

 

 

 

 

 

 

 

 

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 24 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖޫން 26 އާއި 2019 ޖުލައި 20 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020218 ނަންބަރު ފޯނާއެވެ.ފެކްސް ނަންބަރަކީ 3315161 އަށެވެ.އީ-މެއިލް ކުރާނީ [email protected] އަށެވެ.

12 ޖޫން 2019
ހޯދާ