މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 12 ޖޫން 2019 16:15 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :ކްރޫ
ބޭނުންވާ އަދަދު :1

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/3000ރ - -/4500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ފަޅުވެރިންގެ ކޯސް ފުރިހަމަ ކޮށްފައިވުން.

- އުޅަނދު ފަހަރަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މިހަކު ކަމުގައިވުން.

ޚިދުމަތް ހޯދާފަރާތްތަކަށް އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

އެއްގަމާއި ކަނޑުމަތީ ގިނަ  ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައިވުން

ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ކަނޑު އުޅަނދުފަހަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި އުޅަނދު 

ސާފުތާހިރުކަމާއިއެކު ބެލެހެއްޓުން.

މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި

އެކު މަސައްކަތްކުރުން. 

ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް ކަނޑު އުޅަނދުން ދަތުކުރާ މީހުންނަށާއި

މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

މަސައްކަތް ކުރަން ހަމަޖެހިފައިވާ އުޅަނދު ދޮވެ ސާފުތާހިރު ކަމާއިއެކު ބެލެހެއްޓުން.

 

 

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :2

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/3000ރ - -/4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.

- ބުރަ މަސައްކަތް ކުރެވޭފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އޮފީސް އިމާރާތާއި ޓާރމިނަލް ސަރަހައްދު ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

- އޮފީސް އިމާރާތާއި ޓާރމިނަލް ސަރަހައްދުގެ މެއިންޓަނެންސް މަސައްކަތް ކުރުން.

މަޤާމް :ލޯންޗް ކެޕްޓަން
ބޭނުންވާ އަދަދު :1

މުސާރަ:

-/5780 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4624 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/3000ރ - -/4500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ކަނޑުމަތީގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.

- ކޯސްޓަލް ނެވިގޭޝަން (ކްލާސް 5)ގެ އެންޑޯޒް ކޮށްފައިވާ ސެޓްފިކެޓް ލިބިފައިވުން.

ފަތަން އެނގޭ ފަރާތެއް ކަމުގައި ވުން.

ދަތުރު ކުރުމުގައި ގިނަވަގުތު އުޅެވޭ މީހެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ސަދަން ޓްރާންސްޕޯރޓް ލިންކް ހުޅުމީދޫގެ ސުޕަވައިޒަރާއި ހުންނަވާ

މެނޭޖަރގެ ލަފައާއި އިރުޝާދާއިއެކު ފެރީ/ލޯންޗް ގެ ކަންތައް ކުރުން. 

ސަދަން ޓްރާންސްޕޯރޓް ލިންކް ހުޅުމީދޫގެ ފެރީ/ލޯންޗް ދިވެހި ރާއްޖޭގެ
 
ކަނޑުގެ ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ދުއްވުން.

-  ފެރީ/ލޯންޗް ދަތުރު ނިންމާފައި ކޮންމެ ދުވަހަކުވެސް ރަނގަޅަށް ސާފުކޮށް

ބެލެހެއްޓުން. އަދި ފެރީ/ލޯންޗް ގައި އިތުރު މަސައްކަތެއް ކުރަންޖެހިއްޖެ
ހާލަތެއްގައި އެކަން ކުރުން.
ފެރީ/ލޯންޗް އަށް އަރުވާ މުދާ/ލަގެޖް އަރުވާ ބޭލުން، އަދި ފަސިންޖަރުން
 
އަރުވާ ބޭލުމުގައި އެހީތެރިވެދިނުން.

 

-          ފަތަން އެނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމް :ސެކިޔުރިޓީ ގާރޑް
ބޭނުންވާ އަދަދު :1

މުސާރަ:

-/4090 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3272 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/3000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.  އަދި 

މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގެ ތަކެއްޗާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމް :އެސިސްޓެންޓް ސުޕަވައިޒަރ
ބޭނުންވާ އަދަދު :1

މުސާރަ:

-/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/3000ރ - -/4500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން.

ނުވަތަ

- ޖީ.ސީ.އީ އޯލަވަލް ދެ މާއްދާއިން ފާސްވެފައިވުމާއި އެކު 02 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސަދަން ޓްރާންސްޕޯރޓް ލިންކް ހުޅުމީދޫގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި ހުންނަވާ މެނޭޖަރގެ ލަފައާއި އިރުޝާދާއިއެކު ކަންތައްތައް ރާވާ ހިންގުން.

- ސަދަން ޓްރާންސްޕޯރޓް ލިންކް ހުޅުމީދޫގެ މުވައްޒަފުންނާއި ބެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި މޮނީޓަރ ކުރުން.

- ސަދަން ޓްރާންސްޕޯރޓް ލިންކް ހުޅުމީދޫގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ކަންތައްތައް ރާވަން މެނޭޖަރަށް އެޙީތެރިވުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތް ކުރަންޖެހޭ ތަން :

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ހުޅުމީދޫ)

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

 2019 ޖޫން 19 ވާ ބުދަ ދުވަހުގެ 15:30ގެ ކުރިން.

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.

 

12 ޖޫން 2019
ހޯދާ