މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް ހުޅުވާލުން

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް ހުޅުވާލުން

 

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުން 2020 ގެ ނިޔަލަށް އެޗް.ސީ.އެފް.ސީ ބޭނުން ކުރުން ހުއްޓާލުމަށް ޤައުމީ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އެޗްސީއެފްސީ ގޭހުގެ ބަދަލުގައި ބޭނުންކުރާ ފްލޭމަބަލް ރެފްރިޖަރެންޓް ތައް ބޭނުންކުރާއިރު އަމަލު ކުރާނެގޮތުގެ އަތްމަތީ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމަށާއި، ކަސްޓަމްސް ޕޯރޓް ސަރަހައްދުގައި ރެފްރިޖަރެންޓް ސިލިންޑަރތައް ކްލިއަރ ކުރުމުގައި ގެންގުޅޭނެ ސަލާމަތީ ގޮތްތަކުގެ މައުލޫމާތު ޝީޓެއް  އެކުލަވާލާނޭ ފަރާތެއް  ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުތުހަމަވާ ފަރާތްތަކުން 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާއި ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ފޯން: 3018300

ފެކްސް: 3018301

ވެބްސައިޓް: www.environment.gov.mv

12 ޖޫން 2019
ހޯދާ