ނަރުދޫ ޞިއްޙީ މަރުކަޒު، ށ. ނަރުދޫ
ދިވެހިރާއްޖެ
ށ.ނަރުދޫ ޞިއްޙީ މަރުކަޒުގެ ސ.އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމު

އިޢުލާން

ނަމްބަރު: C08/SM/IUL/2019/02

މަޤާމު

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

 J-275722                     

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

 ސީނިއަރ އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

 ށ. ނަރުދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

 ށ. ނަރުދޫ ޞިއްޙީމަރުކަޒު

މުސާރަ

 -/5610 ރުފިޔާ

ސަރވިސް އެލަވަންސް

 -/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިން ކޯ އެލަވެންސް :2  -/700

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ގުޅޭ އެންމެހައި ކަންކަން ސިވިލްސަރވިސްގެ ޤަވާއިދާއި އެއްގޮތަށް ހިންގުން
  2. ޞިއްޙީ މަރުކަޒަށް މުވައްޒަފުން ހޯދުމާއި ވަޒީފާއިން ވަކިކުރުމާއި އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމުގެ ކަންކަން ސިވިލްސަރވިސްގެ ޤަވާޢިދާއި، މިނިސްޓްރީ އޮފް ހެލްތްގެ އުޞޫލުތަކާއި އެއްގޮތަށް ކުރުން
  3. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކޮށް މުވައްޒަފުންލައްވައި ވަޒީފާ ބަޔާނުގައި ސޮއި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  4. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ހަދާ ސޮއިކުރެވޭނެ ގޮތް ހަމަޖެއްސުން
  5. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ކަޑައަޅައި ކޮންމެ އަހަރަކަށް ބޭނުންވާ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކޮށް މުވައްޒަފުން ޓްރޭނިންގތަކުގައި ބައިވެރި ކުރުވުން އަދި ޓްރޭނިންގ ރެކޯރޑް ބެލެހެއްޓުން
  6.  ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ޗުއްޓީ ޕްލޭން ހަދާ،  ޕްލޭނާއި އެއްގޮތަށް ޢަމަލުކުރެވޭތޯ ބެލޭނެ އިންތިޒާމު ޤާއިމު ކުރުން
  7.  ޞިއްޙީ މަރުކަޒުގެ ހިންގުން ހަވާލުކުރުމާއި ހިންގުން ހަވާލުވެ ތިއްބަވާ ބޭފުޅުންގެ ޗުއްޓީގެ އެންމެހައި ކަންކަން ހަމަޖެއްސުން
  8.  ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އޮނިގަނޑަށް އަންނަ ބަދަލުތައް މުރާޖަޢާކޮށް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން 
  9. ޞިއްޙީ މަރުކަޒު މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ސިވިލް ސަރވިސްގެ ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން
  10.  ޞިއްހީ މަރުކަޒުގެ ޓެކްނިކަލް މުވައްޒަފުންގެ މެޑިކަލް، ނާރސިންގ، އެލައިޑް ފަދަ ކައުންސިލްގެ ރެޖިސްޓްރޭޝަނާއި ޕްރެކްޓިސް ލައިސެންސްގެ އެންމެހާ ކަންތައް ބެލެހެއްޓުން
  11. މުވައްޒަފުންނާއި ވަގުތީގޮތުން ހަވާލުކުރަންޖެހޭ މަސައްކަތް ޙަވާލުކުރުން
  12.  ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ގުޅުން ހުންނަ އެންމެހައި މައްސަލަތައް ހިގާ ނުހިގާގޮތް ބަލައި ދިރާސާކޮށް ސްޕަވައިޒަރުންގެ ލަފާއާއި އެކު ސިވިލްސަރވިސްގެ ޤަވާއިދާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  13.  ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ޕާފޮމެންސް އެޕްރައިޒަލް ސިވިލްސަރވިސް ޤަވާޢިދާއި އެއްގޮތަށް ފުރިހަމަ ކުރެވޭނެ އިންތިޒާމު ޤާއިމުކޮށް އެޕްރައިޒަލްގެ ރިޕޯރޓް ކަޑައެޅިފައިވާ މުއްދަތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން، އެޕްރައިޒަލް އާއި ގުޅޭ އެންމެހައި ކަންކަމަށް މިނިސްޓްރީ އޮފް ހެލްތާއި ސިވިލްސަރވިސްއަށް ޖަވާބުދާރީވުން
  14.  ޞިއްޙީ މަރުކަޒުގެ އެޑްމިން އެޗް.އާރގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން
  15.  ޞިއްޙީމަރުކަޒުގެ ހެލްތް ވޯކް ފޯސް އެޗް.އާރ ޑޭޓާ ރިޕޯރޓް ކޮންމެ ހަމަހަކަން ( ޖޫންއަށް އަދި ޑިސެމްބަރަށް) ތައްޔާރުކޮށް މެޑިކަލް ރެކޯރޑްސްއަށް ފޮނުވުން
  16.  ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މޯޓިވޭޝަން ދެމެހެއްޓުމަށްޓަކައި މުވައްޒަފުންނަށް ބައިވެރިވެވޭނެ ގޮތައް ޕްރޮގްރާމްތައް ރާވައި ހިންގުން
  17.  ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ލިއުމުން އަންގަންޖެހޭ އެންމެހައި އެންގުންތައް ޤަވާޢިދުން މުވައްޒަފުންނަށް އެންގޭނެ އިންތިޒާމެއް ޤާއިމުކޮށް މުވައްޒަފުންނަށް އެންގިފައިވޭތޯ ޔަޤީން ކުރުން
  18.  ޞިއްޙީ މަރުކަޒުގެ ސެކްޝަންތަކުގެ ސްޕަވައިޒަރުންގެ މަސައްކަތް ޤަވާޢިދާއި އެއްގޮތަށް ހިގަމުންދޭތޯ ބަލާ އިންޓަރނަލް އޮޑިޓެއް ހަދާ ރަގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ ރަގަޅު ކުރާނެގޮތުގެ އިރުޝާދު ދިނުން
  19.  ޞިއްޙީ މަރުކަޒުގެ އޮފީސް ހުޅުވާ ލެއްޕުމުގެ އުޞޫލު ކަޑައަޅައި އެ މަސައްކަތް މުވައްޒަފުންނާއި ހަވާލުކޮށް ހިންގުން
  20.  ޞިއްހީ މަރުކަޒުގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުޞޫލު ސްޕަވައިޒަރުންނާއި ގުޅިގެން އެކުލަވާލާ ފަސޭހައިން ފެންނަގޮތް ހަމަޖެއްސުން
  21. މަހަކު އެއްފަހަރު ސެކްޝަންތަކުގެ މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސާ ބައްދަލުވުމުގެ ރިޕޯރޓް ޞިއްޙީމަރުކަޒު ހިންގަން ހުންނަ ފަރާތަކަށް ފޮނުވައި މުވައްޒަފުން ހުށަހަޅާ ކަންކަމަށް ޤަވާޢިދާއި އެއްގޮތަށް މަގުފަހިކޮށް ދިނުން
  22. އަލަށް ވަޒީފާއަށް އަންނަ މުވައްޒަފުންނަށް އިންޑަކްޝަން ޕްރޮގްރާމް ހިންގުން
  23. އެޑްމިން އެޗް . އާރަށް ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލާ އެ މައްސަލަތަކާއި ގުޅިގެން ބައްދަލުކުރަންޖެހޭ ފަރާތްތަކާއި ބައްދަލުކޮށް މައްސަލަތަކަށް ޙައްލު ހޯދައި ދިނުން
  24. އެޑްމިން، އެޗް. އާރގެ މަސައްކަތް ހަރުދަނާ ކުރުމަށް ޕްރޮޕޯސަލްތައް ހަދާ ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތް ހަރުދަނާކުރުން
  25. ބައްދަލުވުންތަކާއި އެކިއެކި މަހާސިންތާ ތަކުގައި އެޑްމިން، އެޗް. އާރ ތަމްސީލްކުރުން
  26. ހަފްތާގެ އެއްދުވަހު އޮންނަ ސީނިއަރ މެނޭޖްމެންޓް މީޓިންގގައި ބައިވެރިވެ ބައްދަލުވުމުން ނިންމާ ނިންމުންތައް ތަންފީޒުކުރުން
  27. އެޑްމިން، އެޗް. އާރގެ ޗުއްޓީއަށްދާ މުވައްޒަފުންގެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  28. ޙަވާލުވެފައިވާ މަސައްކަތާއި ގުޅިގެން ސެކްޝަނަށް އަންނަ ސިޓީ/މެސެޖްތަކަށް ޖަވާބުދާރީވުން
  29. ސެކްޝަންގައި ކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ޔަވްމިއްޔާ ލިޔާ ފަރާތްތަކަށް ފޮނުވުން
  30. ޙަވާލުކުރެވިފައިވާ މަސައްކަތާއި ގުޅޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާ ކުރުން
  31.  ޞިއްޙީ މަރުކަޒުގައި ޙާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތް ކުރުން

މަޤާމުގެ ޝަރުތުތައް

 މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް

 ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސްމެނޭޖްމަންޓް،  ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާ

 އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ށ. ނަރުދޫ ޞިއްޙީމަރުޒުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  20 ޖޫން 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ށ. ނަރުދޫ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 23 ޖޫން 2019 އާއި 07 ޖުލައި 2019 އާއި ދެމެދު، ށ.ނަރުދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540050 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] ނުވަތަ [email protected] އަށެވެ.  

 

09 ޝައްވާލު 1440

12 ޖޫން 2019
ހޯދާ