މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                                                           ނަންބަރ: (IUL)GS-23/PRIV/2019/21  

ވަޒީފާގެ ފުރުސަތު


 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ނަންބަރު:

J- 309495

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް.3 (ޖެނެރަލް ސަރވިސް 3)

ސެކްޝަން:

ފައިނޭންސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފައިނޭންސް ޔުނިޓް/ މ. އަތޮޅު ތަޢުލީމީ މަރުކަޒު

މަޤާމުގެ މުސާރައާއި އިނާޔަތްތައް:

- މުސާރަ : -/4465 ރުފިޔާ

- ސާރވިސް އެލަވަންސް: -/1500 ރުފިޔާ

-  ސަޕޯރޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ

-  ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް ' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި

ވާޖިބުތައް:

 

 

 

  1.    ރަސްމީ ބަޖެޓާއި ، އަދި ސްކޫލްގެ އެހެނިހެން ފައިސާއާއިބެހޭ އެންމެހައި ލިޔެ ކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ  މާލިއްޔަތު ޤަވައިދާ އެއްގޮތަށް ހޭދަކުރުމުގެ  ޤަވާޢިދުގައި  ބަޔާން  ކުރެވިފައިވާ  ގޮތުގެމަތިން ލިޔެބެލެހެއްޓުން.
  2. އިދާރީ ލިޔެ ކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް  ފޮނުވަންޖެހޭ  ރިޕޯޓްތަކުގެ ތެރެއިން  ފައިސާއާއި ބެހޭ  ރިޕޯޓްތަކާއި  ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
  3. ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށްތަކެތި ދޫކުރުމާއި އަނބުރާގެނައުމުން އެތަކެތި ބަލައިގަނެ އެކަމާއިގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން

އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.

1        ބަޖެޓްފޮތްތައްލިޔެެ ބެލެހެއްޓުން:

1.1      ސްކޫލްގެ ޢާމްދަނީގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއާއި މެދު ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން.

1.1.1     ފައިސާ ބަލައިގެންފައި ދޭ ރަސީދުގައި ލިޔެ ފައިސާ ބަލައިގަތުން

1.1.2   މިފައިސާ ތިޖޫރީއަށް ޖަމާކޮށް ހަމަ އެދުވަހު 'ތިޖޫރީ ބާކީ' ފޮތަށް އެރުވުން.

1.1.3   ސްކޫލް ހިންގުމަށް ލިބޭ ފައިސާ ފިޔަވާ އެކައުންޓަށް ޖަމާވާ އެހެނިހެން ފައިސާވެސް ލިބޭ ފައިސާގެ ދުވަހު ފޮތަށް އެރުވުން.

1.1.4   މިގޮތަށް ލިބޭ ފައިސާގެ ބާކީއަށް އެރުވުން.

1.1.5   މިފައިސާ 'އެހެނިހެން ފައިސާގެ އައިޓަމް ބާކީ' އަށް އަރުވާ ބެލެހެއްޓުން.

 

1.2     ސްކޫލްގެ އިދާރީ ހިންގުމަށް ލިބޭ ފައިސާ ފިޔަވާ އެހެނިހެން ގޮތްގޮތުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރެވޭނެ ލިޔެ ކިޔުންތައް ފުރިހަމަކުރުމަށްޓަކައި ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން.

1.2.1      އެހެނިހެން ފައިސާއިން އެއްޗެއް ގަންނަންވެއްޖެނަމަ އިދާރީ ކަންކަން ބެލުމާ ޙަވާލުވެހުރި ވެރިޔާގެ މަޝްވަރާގެ މަތިން ބޭނުންވާ ތަކެތީގެ ނޯޓު ތައްޔާރުކޮށް ތަކެތި ހޯދުން.

1.2.2      ލިބޭ ބިލްތައް ފައިސާ ހުއްދަދޭ ފޮތުގައި ލިޔެ އިދާރީކަންކަން ބެލުމާއި ޙަވާލުވެހުރި ވެރިޔާ ޗެކްކުރައްވައި ސޮއިކުރެއްވުމުން އިސްވެރިޔާ ސޮއިކުރުމަށް ގެންދިއުން.

1.2.3      ފައިސާ ޚަރަދުކުރުމަށް އިސްވެރިޔާ ހުއްދަ ދެއްވުމުން 'އެހެނިހެން ފައިސާ ޙަވާލުކުރާ' ފޮތުގައި ލިޔުން.

1.2.4      ހުއްދަދެއްވި ފައިސާ 'އެހެނިހެން ފައިސާގެ ބާކީ' އިން އުނިކުރުން.

1.2.5      ހުއްދަދެއްވި ފައިސާ ތިޖޫރީންނަގާ 'ތިޖޫރީ ބާކީ' އިން އުނިކުރުން.

1.2.6     މިފައިސާ ބިލްތަކުގެ ވެރިފަރާތާއި ޙަވާލުކުރާއިރު 'ފައިސާ ޙަވާލުކުރާ' ފޮތުގައި ސޮއިކުރުވުން.

1.2.7     ބިލް އެންޓްރީގައި ފައިސާދެއްކިކަމަށް ނޯޓުކުރުން.

1.2.8     ފައިސާ ޙަވާލުކުރެވުނު ބިލްތަކުގައި ހުއްދަ ނަންބަރާއި ބިލްގެ ވަނަޖަހާ ފައިލްކުރުން.

1.3       ކޮންމެ މީލާދީ މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 05 ވަނަ ދުވަހުގެ ކުރިން އެހެނިހެން ފައިސާގެ ރިޕޯރޓާއި ބަޖެޓް ރިޕޯރޓް ތައްޔާރުކޮށް އިދާރީ ކަންކަން ބެލުމާ ޙަވާލުވެހުރި ވެރިޔާ ޗެކްކުރެއްވި ސޮއިކުރެއްވުމުން އިސްވެރިޔާ ސޮއިކުރެއްވުމަށް ގެންދިއުން.

 

2        މުސާރަ ޝީޓް ތައްޔާރު ކުރުމާއި މުސާރަދިނުން:

2.1     ކޮންމެމަހެއްގެ 18 ވަނަދުވަހުގެ ކުރިން މުސާރަޝީޓް ތައްޔާރުކުރުމާއި، ކުރީ ޝީޓް ތަކުގައި ހިމެނިފައިނުވާ މުވައްޒަފުންނަށް ލިބެންވާ ހުރިހާ ފައިސާއެއް މުސާރަޝީޓް ގައި ހިމެނުން.

2.2     މުވައްޒަފުންގެ މުސާރަ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

2.3     މަހުގެ އެންމެ ފަހު ދުވަހު މުވައްޒަފުންގެ މުސާރަ އެމުވައްޒިފަކާ ޙަވާލުކުރުން.

2.4     މުވައްޒަފުންނަށް އެމީހުންނަށް ޙަވާލުކުރެވުނު ފައިސާގެ ތަފްސީލް އެނގޭނޭފަދަ ލިޔުމެއް ކޮންމެ މަހަކުވެސް ޙަވާލުކުރުން   ނުވަތަ ފޮނުވުން.

3        އިދާރީ ކަންކަމުގައި އެހީތެރިވުން.

3.1       އިދާރީ ކަންކަން ބެލެހެއްޓުމާއި ޙަވާލުވެ ހުންނެވި ވެރިޔާ އަންގަވާ އިދާރީ މަސައްކަތް ކުރުން.

3.2       އިދާރީ މަސައްކަތުގައި ސްކޫލްގެ ވެރިންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވުން.

3.3       މަސައްކަތަށް ބޭނުންވާ ފޮތްތައް ތައްޔާރުކޮށް ނަންއަޅާ ސެލޯފިންލާ ފުރިހަމަކުރުން.

3.4       ތަފާސް ހިސާބު ރިޕޯޓް އެކުލަވާލުމުގައި ޙަވާލުކުރެވޭ ބައި ވަގުތަށް ނިންމުން.

3.5       ބިދޭސީ ޓީޗަރުންގެ އަހަރީ ޗުއްޓީއަށް ދިއުމާއި އެނބުރި އައުމުގެ ދަތުރު ހަމަޖެއްސުން.

އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

 

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯރމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި  މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

     (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ   މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

     (ށ)  މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފއިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

       (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،   އަދާކޮށްފައިވާ   ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އޮފީހުން ދޫކޮށްފައިވާ ލިޔުން. 

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

 

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 25 ޖޫން 2019 އިން ފެށިގެން 30 ޖޫން 2019 އާ ދެމެދުގެ ތާރީޚެއްގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

23 ޖޫން 2019 (އާދީއްތަ ) ދުވަހުގެ 14:00 ގެ ކުރީން، ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމުން، މ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ.

އިތުރު މަޢުލޫމާތު:

 

އިތުރު މަޢުލޫމާތު ހޯދުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު 7952901 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ.

 

                                   09 ޝައްވާލް 1440

  12  ޖޫން  2019

 

 

                                                                  އާމިނަތު ޢަލީ      

                                                                  ޕްރިންސިޕަލް    

12 ޖޫން 2019
ހޯދާ