ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Administrative officer

                                                             ނަންބަރ: IUL)242/242/2019/07)

އިޢުލާން

 

            މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖޫން2019 ވާ ބުރާސްފަތި ދުވަހުގެ2:00 1 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާގެ ފުރުޞަތު

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:

J-222534

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް 3

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މުސާރަ

މުސާރަ: 4465.00 ރުފިޔާ.

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް: 700.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-މުވައްޒަފުންގެ ހާޟިރީ ދުވަހުން ދުވަހަށް ޗެކްކޮށް ސަލާމް، ޗުއްޓީ ނޯޓްކޮށް އެޓެންޑެންސް ސިސްޓަމްއިން އެ ދުވަހެއްގެ ހާޟިރީ ޕްރިންޓްކޮށް ފައިލްކުރުން

2-މުވައްޒަފުންގެ ހާޟިރީ ރިޕޯޓް، އިތުރުގަޑީގެ ރިޕޯޓް، ގަޑީލާރީގެ ރިޕޯޓް، ރިސްކް ރިޕޯޓް، ހާޑްޝިޕް ރިޕޯޓް، ތައްޔާރުކޮށް ކޮންމެ މަހެއްގެ 18 ވަނަ ދުވަހުގެ ކުރިން ބަޖެޓް ސެކްޝަނާއި ޙަވާލުކުރުން.

3- ކޮންމެ އަހަރެއްގެ މުވައްޒަފުންގެ ޗުއްޓީ ކަލަންޑަރ ޒިންމާދާރުވެރިޔާ އަދި ސެކްޝަންގެ ހެޑުންގެ މަޝްވަރާޔާއެކު ތައްޔާރުކޮށް މުވައްޒަފުންގެ ނޯޓިސްބޯޑުގައި އާއްމުކުރުން.

4- މުވައްޒަފަކު ޗުއްޓީއަށް އެދި ހުށަހެޅުމުން ޗުއްޓީ ކަލަންޑަރާއެއްގޮތަށް ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ޗުއްޓީ ޗިޓްތައްޔާރުކޮށް ޗުއްޓީ ބާކީގައި އަޕްޑޭޓްކުރުން.

5-މުވައްޒަފުންނާއި ގުޅިގެން ހުށަހެޅޭ ސިޓީ މެސެޖްތަކަށް ޖަވާބު ތައްޔާރުކުރުން.

6- މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްކުރުން.

7-އަތޮޅު ޒިންމާދާރު ވެރިންގެ ޗުއްޓީ ޗިޓް ތައްޔާރުކުރުމާއި އެއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8-      ސެކްޝަންތަކުގެ ސްޕަވައިޒަރުންނާއި ޒިންމާދާރު ވެރިންގެ ލަފަޔާއެކު ޓްރެއިނިންގ ރިކުޔަރމަންޓް ތައްޔާރުކުރުން.

9-      ކައުންސިލް އިދާރާގެ މުވައްޒަފަކު ޗުއްޓީ ނެންގެވުމުން އެ މުވައްޒަފެއްގެ މަސައްކަތް ޙަވާލުކޮށްފިނަމަ ވަޒީފާ ބަޔާނުގައި ހުންނަ މަސައްކަތްތައް ކުރުން.

10-  ކައުންސިލް އިދާރާ ހުޅުވާ/ލެއްޕުން.

11-  ކައުންސިލްގެ ރަސްމީ ދަތުރުތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުތު

1- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް، ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެތްފިކެޓް އިމްތިހާނުގައި  ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާ ތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް2018  ފުރަތަމަ އިސްލާހުގައިވާ ގޮތުގެމަތިން ތިރީގައިއެވާ ކަންތައްތަކަށެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ޕޮއިންޓް ދިނުން. (ލިބިފައިވާ ތަޢުލީމް/މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން)
  2. އިމްތިޙާނަށް ޕޮއިންޓް ދިނުން. (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން)
  3. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާއަށް ޕޮއިންޓް ދިނުން. (މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ)
  4.  ލިބިފައިވާ މަސައްކަތުގެ ހުނަރަށް ޕޮއިންޓް ދިނުން. (ޤާބިލް ކަމަށް ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން/ޕްރެކްޓިކަލް)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 12:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިރު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 ޖޫން 2019 އާއި 14 ޖުލައި 2019 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

                       

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841032 ނަންބަރު ފޯނަށެވެ. އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

 

            08 ޝައްވާލު 1440

            11 ޖޫން 2019

 

 

                                                                     މުޙައްމަދު ނާސިޙް ރަޝީދު

                                                              ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް

11 ޖޫން 2019
ހޯދާ