ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިރަށު ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭސާމާނުތައް މިކައުންސިލަށް ފޯރުކޮށްދޭނެފަރާތެއް ބޭނުންވެއެވެ. ވީމާ މިތަކެތި މިކައުންސިލަށް ފޯރުކޮށްދޭން ބޭނުންވާ ފަރާތް ތަކުން  17 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާއަށް ވަޑައިގެން، މައުލޫމާތު ސާފުކުރެއްވުމަށް ފަހު 24 ޖޫން 2019 ވާ ހޯމަ ދުވަހު 11:00 ގައި ކައުންސިލް އިދާރާއަށް ވަޑައިގެން އަގުހުށައެޅުއްވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ދުރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށައަޅަން ވާނެއެވެ. އަދި އަގު ހުށައަޅާ ފަރާތްތަކުން އެފަރާތްތަކުގެ ވިޔަފާރީ ރަޖިސްޓްރީ ގެ ކޮޕީ ހުށައަޅަން ވާނެއެވެ. ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

10 ޖޫން 2019
ހޯދާ