މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނޫސް ބަޔާން

މަތީ ތަޢުލީމާއި ތަމްރީނަށް ލޯނު އެހީ ދިނުމުގެ އުސޫލު ދަރިވަރުންނަށް ލުއިފަސޭހަވާނެ ގޮތަކަށް މުރާޖާކުރުމަށްފަހު،އެޕްލިކޭޝަން ހުށައެޅުމަށް ހުޅުވާލުން

          

             މަތީ ތަޢުލީމާއި ތަމްރީނަށް ލޯނު އެހީ ދިނުމުގެ އުސޫލު ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް މުރާޖާކުރުމަށްފަހު، މާރިޗް 2019 ލޯން ސްކީމްގެ ދަށުން ބޭނުންކުރެވިފައިނުވާ 163 ޖާގައަށް ކުރިމަތިލުމަށް އާ ބުރަކަށް ހުޅުވާލަންވަނީ ހަމަޖެހިފައެވެ.

މިގޮތަށް ނިންމާފައިވަނީ މާރިޗް މަހުގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާސިލްކުރުމަށް  242 ޖާގައަށް ލޯނުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން މި ފުރުޞަތަށް އެދުނު ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިވެފައިވާތީވެ، މަތީ ތަޢުލީމާއި ތަމްރީނަށް ލޯނު އެހީ ދިނުމުގެ އުސޫލު މުރާޖާކުރުމަށްފަހު، އެޕްލިކޭޝަން ހުށަހެޅުން އިތުރަށް ފަސޭހަކޮށް، ލޯނު ބޭނުންވާ ފަރާތްތަކަށް ވީހާވެސް އަވަސް ފުރުސަތެއްގައި ލޯނަށް ކުރިމަތިލެވޭނޭ މަގު ފަހިކޮށް ދިނުމުގެ ގޮތުންނެވެ. މަތީ ތައުލީމާއި ތަމްރީނަށްދޭ ލޯނު އެހީގެ ފުރުޞަތުފަހިވެ ގިނަ ފަރާތްތަކަށް ލޯނު ލިބުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒެވެ.

 

           މާރިޗް 2019 ލޯން ސްކީމަށް އެޕްލިކޭޝަން ހުށައަޅައި ނުހޮވުނު ދަރިވަރުންނަށް މިހަފުތާގެ ތެރޭގައި މި މިނިސްޓްރީގެ "މައިއެޑިއު ޕޯޓަލް" ގެ ތެރެއިން އެޕްލިކޭޝަން އެޑިޓުކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. ޑިސްކޮލިފައިވި ސަބަބު މިހާރު މި މިނިސްޓްރީގެ ވެބްސައިޓުން (https://mohe.gov.mv/announcements) ފެންނަން ހުންނާނެއެވެ. އެއް ސަބަބަށްވުރެ ގިނަ ސަބަބަށްޓަކައި އެޕްލިކޭޝަނެއް ޑިސްކޮލިފައިވެފައި ހުރެދާނެ ވާހަކަ ދަންނަވަމެވެ.

މާރިޗް 2019 ލޯން ސްކީމަށް ކުރިމަތިލި ފަރާތްތަކުގެތެރެއިން ޑިސްކޮލިފައިވިފަރާތްތައް، ޑިސްކޮލިފައިވި ސަބަބުތައް ތިރީގައި މިވަނީއެވެ.

 

ސަބަބު

ކިޔަވަމުންދާ ދަރިވަރުން

އަލަށް ކިޔަވަން ފަށާ ދަރިވަރުން

ޖުމްލަ

ލޯނަށް ހޮވުނު ދަރިވަރުންގެ އަދަދު

4

75

79

ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލި ފުރުސަތުގައި ދިވެހިރާއްޖޭގައި ކިޔެވުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތައް

 

106

106

ސެޓްފިކެޓް އަދި ޑޮކިއުމަންޓްތަކުގެ ދެ ފުށް ހުށަހަޅާފައިނެތުން

88

183

271

މި ސްކީމުގެ ދަށުން ކިޔަވަންދާން ހުޅުވާލާފައިވާ ނުވާ ޤައުމަކުން ކިޔެވުމަށް އެދިފައިވުން

44

148

192

ކޯސް ހިންގާކަމުގެ ލިޔުން ހުށަހަޅާފައި ނެތުން 

 

3

3

ކޯހަށް ވަނުމަށް ބޭނުންވާ އެމް.ކިއު.އޭ ގެ ޝަރުތު ފުރިހަމަނުވުން

1

21

22

ކުރީގެ ލޯނެއް ނުދައްކާ އޮތުން

 

1

1

އެޕްލިކޭޝަންގެ ހުރިހާ ބައެއް ފުރިހަމަކޮށްފައި ނެތުން

13

38

51

އިއުލާނާއި އެއްގޮތަށް އެޓެސްޓޭޝަން ފުރިހަމަނުވުން

49

134

183

ހުށަހަޅަންޖެހޭ ސްކީމް/ކެޓެގަރީ ނޫން އެހެން ކެޓަގަރީ/ސްކީމަކަށް ފޯމު ހުށަހަޅާފައިވުން

10

6

16

ކޮލިފައިވެ، އެހެންނަމަވެސް ކަނޑައެޅިފައިވާ  30 ސްލޮޓް ތެރޭގައި ނުހިމެނުން

 

4

4

ކޮލިފައިވެ، އެހެންނަމަވެސް ކަނޑައެޅިފައިވާ 5 ސްލޮޓް ތެރޭގައި ނުހިމެނުން

 

8

8

ރިޕީޓް އެޕްލިކޭޝަން ހުށަހަޅާފައިވުން

 

8

8

01 ޖެނުއަރީ 2019 ގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރުން އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ކެޓެގަރީއަށް ފޯމުހުށަހަޅާފައިވުން/ 01 ޖެނުއަރީ 2019 ގެ ފަހުން ކިޔަވަން ފަށާފައިވާ ދަރިވަރުން ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީއަށް ފޯމުހުށަހަޅާފައިވުން

10

4

14

ސެޓްފިކެޓް އެކްރެޑިޓްކޮށްފައި ނެތުން

2

19

21

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ގަބޫލުނުކުރާ ކޯސްތަކަށް ކުރިމަތިލާފައިވުން

14

 

14

 ޖުމްލަ އަދަދު

235

758

993

  ޝުކުރިއްޔާ

 

10 ޖޫން 2019
ހޯދާ