މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ހިތާދޫގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

            ބ.ހިތާދޫގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

 

  1. ބ.ހިތާދޫއަކީ އާބާދީއާއި އަޅާ ބަލާއިރު ބިން ދަތި ރަށެކެވެ. މިގޮތުން ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމާއި، އެހެނިހެން ބޭނުންތަކަށް ބިން ކަނޑައެޅުމަށްޓަކައި ރައްޔިތުން ޤަބޫލުކުރާ ޕްލޭނެއް އޮތުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.
  2. މިމަޝްރޫޢުގެ ދަށުން ހަދާ ލޭންޑްޔޫސް ޕްލޭންގައި ރަށުގައި މިހާރު ހުސްކޮށް ހުރި ބިންތައް ބޭނުންކުރަން ހުށަހަޅާ ގޮތްތަކާއި، ފަޅު ހިއްކުމުގެ ޕްލޭން އޮންނަންވާނެއެވެ. އަދި ހިއްކާ ބިން ބޭނުންކުރާނެގޮތުގެ ޕްލޭން އޮންނަންވާނެއެވެ.
  3. ރަށުގައި މުސްތަޤްބަލުގައި ޤާޢިމްކުރަންޖެހޭ ޚިދުމަތްތަކަށާއި، ހައުސިންގް ބޭނުންތަކަށް ކަނޑައެޅޭ ބިންތައް ފާހަގަވެ އެނގެން އިންނަންވާނެއެވެ.
  4. ރަށުގެ ޗާރޓް ކުރަހަންވާނީ، އޮޓޯކޭޑްގައި، ޖީ.ޕީ.އެސް ޕޮޒިޝަނަށެވެ.
  5. ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަންވާނީ، މަސައްކަތާއި ޙަވާލުވާ ފަރާތުން، ރަށު ކައުންސިލާއި، ރަށުގައިހުރި އެހެން އިދާރާތަކާއި، ރަށުގެ ރައްޔިތުންގެ ތެރެއިން އެކި ފަންނުގެ މީހުންނާއި، މަޝްވަރާކޮށް ޚިޔާލު ހޯދައިގެންނެވެ. މީގެ އިތުރުން ލޭންޑް ޔޫސް ޕްލޭން ޑްރާފްޓް ކުރުމަށްފަހު ކައުންސިލުން އެކަމަށްޓަކާ އެކުލަވައިލައިފައިވާ ކޮމެޓީގެ ޚިޔާލު ހޯދަންވާނެއެވެ.
  6. މިމަސައްކަތުގައި ހިމެނޭ ލޭންޑް ޔޫސް ޕްލޭން ނިންމަންވާނީ ކަމާބެހޭ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް ރިޢާޔަތްކޮށް، ބ.ހިތާދޫ ކައުންސިލާއި، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން ޤަބޫލުކުރާ ފެންވަރަށެވެ.
  7. މިމަސައްކަތާއި ހަވާލުވާ ފަރާތަކަށް ހިތާދޫ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ތިރީގައި އެވަނީއެވެ. ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތުގައި ތިރީގައިވާ ޚަރަދުތައް ފިޔަވައި ހުރިހާ ޒިންމާއެއް އުފުލަންވާނީ މަސައްކަތާއި ޙަވާލުވާ ފަރާތުންނެވެ.
  • ޕްލޭން ހެދުމުގެ ބޭނުމަށް މާލެއިން ވަޑައިގަންނަވާ 2 ބޭފުޅަކަށް ހިތާދޫ- މާލެ ދެކޮޅު ދަތުރު (ލޯންޗުގައި)
  • ކައުންސިލްގެ ޚަރަދުގައި ހިތާދޫގައި އެކޮމޮޑޭޝަން ހަމަޖައްސައިދިނުން.
  • ކައުންސިލްގެ ޚަރަދުގައި ހިތާދޫގައި ކެއުން ހަމަޖައްސައިދިނުން.
  • ރަށުގެ އިދާރާތަކާއި މަޝަވަރާކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުން
  • ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް އިންތިޒާމް ކޮށްދިނުން.
  • ކައުންސިލްގެ ފަރާތުން ދައުލަތުގެ މުއައްސަސާތަކާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތްކުރުން.

8. ރަށުގެ ޗާޓެއް މިކަރުދާހާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮފޯސަލް.

  ހ. މަސައްކަތް ކޮށްދިނުމަށް ހޭދަވާނެ މުއްދަތު.

  ށ. ހިތާދޫއަށް ދަތުރު ކުރަންޖެހޭނަމަ ދަތުރުކުރުމަށް ޕްލޭންކުރާގޮތް. (ދަތުރުގެ އަދަދު، ބައިވެރިންގެ އަދަދު، ކޮންމެ ދަތުރެއްގައި ހޭދަވާނެ މުއްދަތު، ދަތުރުގެ ބޭނުން، މިނޫންވެސް ދަތުރާއި ގުޅޭ މަޢުލޫމާތު)

  ނ. ލޭންޑް ޔޫސް ޕްލޭން ހައުސިންގ މިނިސްޓްރީއިން ޤަބޫލުކޮށް ހުއްދަދިނުމާއި ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ޖުމްލައަގު (ދިވެހި ރުފިޔާއިން)

2. ޕްރޮޕޯސަލް ހުށައަޅަނީ އަމިއްލަ ފަރާތަކުންނަމަ އެފަރާތެއްގެ ވަނަވަރު، އަދި ކުންފުންޏަކުން ނުވަތަ އިންވެސްޓްމަންޓަކުން ހުށަހަޅާނަމަ އެފަރާތެއްގެ ޕްރޮފައިލް.

3. މަސައްކަތުގައި ބައިވެރިވާ، ނުވަތަ ކުންފުނީގެ ފަންނީ މުވައްޒަފުންގެ ވަނަވަރު.

4. ސާވެޔަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓރަކްޗަރގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން، ކޮންސަލްޓެންޓްގެ ގޮތުގައި އީ.ޕީ.އޭ.އިން ދެއްވާފައިވާ ހުއްދަ ނުވަތަ ރަޖިސްޓްރީގެ ކޮޕީ.

5. ޕްރޮޕޯސަލް ހުށަހަޅާނީ އަމިއްލަފަރާތްތަކުންނަމަ އެފަރާތެއްގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށައަޅަންވާނެއެވެ. އަދި ކުންފުނި ނުވަތަ އިންވެސްޓްމަންޓަކުން ހުށައަޅާ ޕްރޮޕޯސަލްއާއިއެކު އެފަރާތެއްގެ ރަޖިސްޓްރީ ކޮޕީ ހިމަނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

  1. ޕްރޮޕޯސަލްތައް ހުށައަޅަންވާނީ ބަންދުކޮށް ބ. ހިތާދޫ ކައުންސިލަށް އެޑްރެސްކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށައެޅި ފަރާތުގެ މަޢުލޫމާތު އަދި "ބ.ހިތާދޫ ލޭންޑް ޔޫސް ޕްލޭން ހެދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
  2. އެކަށީގެންވާ ޕްރޮޕޯސަލްއެއް ލިބިފައިނުވާނަމަ ހުށައަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލްކުރުމުގެ އިޚްތިޔާރު ބ.ހިތާދޫ ކައުންސިލަށް ލިބިގެންވެއެވެ.
  3. ހުށަހަޅުއްވާ ޕްރޮފޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމައްހަމަޖެހިފައިވަނީ: އަގަށް އައްޑިހަފަސް ޕަސެންޓް އަދި މުއްދަތަށް ފަނަރަ ޕަސެންޓެވެ.

4. މާލެއާއި ބ. ހިތާދޫއާއި ދެމެދު ޝެޑިއުލް ދަތުރު ހަމަޖެހިފައިވާ ގޮތް:

  • ހުކުރު، ހޮނިހިރު،އާދީއްތަ، ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި، (ސްޕީޑް ލާންޗް)

 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖޫން 19 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިގަޑީގައި އަންދާސީ ހިސާބުތައް ކަޑައި މަޢުލޫމަތު އެންޓަރ ކޮށް އަގު ޝީޓުގައި ސޮއި ކުރުން އޮށްނާނެއެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

ލޭންޑް ޔޫސް ޕްލޭން ހެދުމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ މިއިދާރާގެ ކައުންސިލްގެ ރައީސް، ނަންބަރު 9927991 ފޯނާއި ގުޅުއްވުމުން މައުލޫމާތު ސާފުކޮށްދޭނެ ކަމުގައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

10 ޖޫން 2019
ހޯދާ