މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ ފެންސު ނެގުން

މިރަށު ފުޓްބޯޅަ ދަނޑުގެ ވަށައިގެން ހަދާފައިވާ ފެންސު ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ފުޓްބޯޅަ ދަނޑުގެ  ވަށައިގެންވާ ފެންސު ނެގުމަށް މިއިދާރާއިންދޭ މަޢްލޫމާތާއިއެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭ ގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 16 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 20 ޖޫން 2019 ވާ  ބުރާސްފަތި ދުވަހުގެ 13:30 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެހާއި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ،  މިއިދާރާއަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

10 ޖޫން 2019
ހޯދާ