ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ހިއުމަން ރިސޯރސް ސްޕެޝަލިސްޓް

މަޤާމް :ހިއުމަން ރިސޯރސް ސްޕެޝަލިސްޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                   

މަޤާމް

ހިއުމަން ރިސޯރސް ސްޕެޝަލިސްޓް

އަސާސީ މުސާރަ

10,500/- ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

މަޤާމުގެ ރޭންކް

އީ.އެކްސް 4

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ހިއުމަން ރިސޯސް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އިތުރު 1 އަހަރު ދުވަހަށް އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީ އެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނިން ކަނޑައަޅާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް ބޭނުންވާ ޕްރޮގްރާމުތައް ހިންގުން
  • ކުންފުނީގެ އެކިލެވެލްތަކުގެ މުވައްޒަފުން މަސައްކަތު މާހައުލަށް އަހުލުވެރިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ރާވާ ހިންގުމަށް ޓްރެއިނިންގ ޔުނިޓަށް އިރުޝާދު ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން
  • މުވައްޒަފުންނާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ދިރާސާކޮށް ގެންނަށްޖެހޭ ބަދަލުތައް ދެނެގަނެ ކަމާބެހޭ އިސްފަރާތަކާ ޙިއްސާކުރުން
  • މުވައްޒަފުންނާއި ގުޅޭ އެކި ސިޔާސަތުތައް ހެދުމަށް ބޭނުންވާ ރިސާރޗް ހެދުމާއި ސިޔާސަތުތައް އެކުލަވާލުން
  • ކުންފުނީގެ ޓްރޭނިންގ ނީޑް އެނަރލިސިސް ހެދުމާއި ޓްރޭނިންގ ރިކުއަރމަންޓް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން
  • ކުންފުނީގެ ޓްރޭނިންގ ރިކުއަރމަންޓާ އެއްގޮތަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ފަންނީ އެހީތެރިކަންދިނުން
  • ކުންފުނީގެ އޮނިގަނޑު އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ރިސަރޗް ހެދުމާއި އަދި އެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން
  • މަސައްކަތު މާހައުލުގައި ދިމާވާ އެކިއެކި ކަންކަމާ ގުޅިގެން ކައުންސެލިން ދޭންޖެހޭ މުވައްޒަފުންނަށް ކައުންސެލިންގ ދިނުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 ޖޫން 13 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000268 އާއި ގުޅުއްވުން އެދެމެވެ.

 

                        06 ޝައްވާލު 1440

09 ޖޫން 2019
ހޯދާ