ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކޭޓަރކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ނަންބަރު: IUL)196-C/1/2019/35) 

އިޢުލާން

   މިއޮފީހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 3 ދުވަހުގެ މަސައްކަތު ބައްދަލުވުމަކަށް، ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2019/33) އިޢުލާނު ބާޠިލްކުރުމަށްފަހު ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2019 ޖޫން 12 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

   މިއިޢުލާނާގުޅޭ މަޢުލޫމާތު އިޢުލާނާ އެޓޭޗްކޮށްފައިވާނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. 

06 ޝައްވާލް 1440

 

މިއޮފީހުގެ ނަންބަރު: IUL)196-C/1/2019/35) އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް

މަސައްކަތް: ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް މިއޮފީހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 3 ދުވަހުގެ މަސައްކަތު ބައްދަލުވުމަކަށް، ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުން.

  • މަސައްކަތް ކުރާނީ 2019 ޖޫން 15 އިން 17 އަށެވެ.
  • 2019 ޖޫން 15 ވަނަ ދުވަހު ހެނދުނު 08:45 ކުރިން 150 ބޭފުޅުންނަށް ރިފްރެޝްމަންޓް ތައްޔާރުކުރުން.
  • 2019 ޖޫން 15 ވަނަ ދުވަހު މެންދުރު  12:00 ކުރިން ކެއުން 130 ބޭފުޅުންނަށް ތައްޔާރުކުރުން.
  • 2019 ޖޫން 16 ވަނަ ދުވަހު މެންދުރު 12:00 ކުރިން ކެއުން 100 ބޭފުޅުންނަށް ތައްޔާރުކުރުން.
  • 2019 ޖޫން 17 ވަނަ ދުވަހު މެންދުރު 12:00 ކުރިން  ކެއުން 100 ބޭފުޅުންނަށް ތައްޔާރުކުރުން.
  • 2019 ޖޫން 17 ވަނަ ދުވަހު އޮންނަ ނިންމުމުގެ ޙަފްލާއަށް ރިފްރެޝްމަންޓް ތައްޔާރުކުރުން 150 ބޭފުޅުންނަށް ތައްޔާރުކުރުން.
  • ސައި، ކޮފީ އަދި ބިސްކޯދު ހުރިހާ ގަޑިތަކުގައި ލިބެން ހުރުން.
  • މެންދުރު ކެއުން ތައްޔާރުކުރުމުގައި ތިރީގައިވާ ތަކެތި ހިމަނަންވާނެ
  • ބަތް (3 ދުވަހު 3 ވައްތަރުގެ)
  • ސްޕެގެޓީ ނުވަތަ ޕާސްތާ
  • ކަނޑު މަހުގެ ބާވަތެއް
  • ކުކުޅު ނުވަތަ ބީފް ބާވަތެއް
  • ސެލެޑް (3 ދުވަހު 3 ވައްތަރުގެ)
  • ފޮނި އެއްޗެހި (3 ދުވަހު 3 ވައްތަރުގެ)
  • ސޮފްޓް ޑްރިންކްސް (އެކި ވައްތަރުގެ)
  • ދުފުން
  • 100 ބޭފުޅުންގެ ޖާގައިގެ މޭޒު އަދި ގޮނޑި ހުންނަށްވާނެ.
  • މިމަސައްކަތާ ގުޅިގެން އުފެދޭ ހުރިހާ ކުންޏެއް އުކާލަންވާނީ މަސައްކަތާއި ޙަވާލުވާ ފަރާތުން.
  • މިމަސައްކަތާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 9146215 / 9169000 ނަންބަރު ފޯނަށް ގުޅުއްވުން އެދެން.

މަސައްކަތް ޙަވާލު ކުރާނެ ފަރާތެއް ހޮވުމަށް ޕޮއިންޓްދެވޭ އުޞޫލް ތިރީގައި އެވަނީއެވެ.

  • މަސައްކަތުގެ އަގު:                               %75
  • މުއްދަތު:                                   %15
  • މަސައްކަތުގެ ތަޖުރިބާ: (ވޭތުވެދިޔަ 5 އަހަރު ތެރޭގައި މިދާއިރާއިން ކޮށްފައިވާ މަސައްކަތްތަކަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ހަމައެކަނި މަސައްކަތްކުރިކަމުގެ ލިޔުން ހުށައަޅުއްވާފައިވާ މަސައްކަތްތަކަށެވެ.)  %10

 

އަންދާސީ ހިސާބާއެކު ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެވެ.

  • ކުންފުންޏެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްނަމަ ރަޖިސްޓްރީ ސެޓްފިކެޓުގެ ކޮޕީ އަދި ޖީ.އެސް.ޓީ. ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. ޖީ.އެސް.ޓީ ދަށްކަން ނުޖެހޭ ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެވެ.
  • އަމިއްލަ ފަރާތަކުން ނަމަ އައިޑީ ކާޑު ކޮޕީ ހުށަހަޅަންވާނެވެ.
09 ޖޫން 2019
ހޯދާ