ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި 110 ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަަކުގެ ވަގުތީ ލިސްޓް އިޢުލާންކުރުން

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކުރެވި ހުރި 110 ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު ޢާންމުކުރީމެވެ. އެ ލިސްޓްގެ ޕީޑީއެފް ފައިލް މި އިޢުލާނާއެކު އެޓޭޗްކުރެވިފައި އެވަނީއެވެ.

އަދި ދަންނަވަމެވެ. މި ލިސްޓާ މެދު އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ، 18 ޖޫން 2019 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ ކަމަށް ޚާއްޞަކުރެވިފައިވާ ފޯމުން އެ ޝަކުވާއެއް މި ކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް 10 ޖޫން 2019 ވާ ހޯމަ ދުވަހުން ފެށިގެން މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ވަގުތީ ލިސްޓާ ގުޅިގެން މި ކައުންސިލަށް އެއްވެސް ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ޝަކުވާއަކަށް މި ކައުންސިލުން ލިޔުމުން ޖަވާބު އަރުވާނެ ވާހަކަ ދަންނަވަމެވެ. އަދި ޝަކުވާތަކަށް ބަލައި، ވަގުތީ ލިސްޓަށް އެއްވެސް އިޞްލާހެއް ގެންނަން ޖެހޭ ނަމަ، އެ އިޞްލާޙު ގެނައުމަށް ފަހު ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ހަމަޖެހިފައިވާ އުސޫލުން އިޢުލާންކުރާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ޖޫން 2019
ހޯދާ