ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލޮޖިސްޓިކްސް އޮފިސަރ

މަޤާމް :ލޮޖިސްޓިކްސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ޔުނިވިޔަ ހޯލްޑިންގސްގެ ނަންބަރު: UVH/HR/2019/02 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ އަލުން މި މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. ހަވާލާދެވުނު ނަންބަރު އިޢުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށަހެޅުއްވެވި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

މަޤާމު:

ލޮޖިސްޓިކްސް އޮފިސަރ

މުސާރައާއި އެލަވަންސް:

މުސާރ އަދި އެލަވަންސް: 9,500 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ކުންފުނިން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރުމުގެ މަސައްކަތްކުރުން
  • ބޭންކުތަކާއި އެކު ކުރަންޖެހޭ އެކި އެކި މުޢާމަލާތްތައް ކުރުން
  • ލޮޖިސްޓިކްސް އޮޕަރޭޝަންސްގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުން
  • ކުންފުނީގެ އެކި އިވެންޓްތަކަށް ވެނިއު ތައްޔާރުކުރުމާއި ކަމާއި ގުޅޭ އެންމެހާ ލޮޖިސްޓިކްސް މަސައްކަތްތައް ކުރުން
  • ކުންފުންޏަށް ގަނެވޭ މުދަލާއި ތަކެތި ގަތުމުގައާއި ސްޓޯރކުރުމުގައި ޕްރޮކިއުމެންޓް ޑިޕާރޓްމެންޓަށް އެހީތެރިވެދިނުން
  • އޮފީހުގެ އެންމެހާ މެއިންޓަނެންސްގެ މަސައްކަތްތަކެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން

 

މަޤާމުގެ ޝަރުތުތައް:

ތަޢުލީމު:

  • މެނޭޖްމެންޓު ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 6 ނުވަތަ 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޖުރިބާ:

މަސައްކަތާއި ގުޅޭ ދާއިރާގައި މަސައްކަތްކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަޖުރިބާ

ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން

އިންޓަރވިއު

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • 20 ޖޫން 2019  ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް

 

ނޯޓު :

 

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.
09 ޖޫން 2019
ހޯދާ