ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިން އެންޑް ފައިނޭންސް މެނޭޖަރ

މަޤާމް :އެޑްމިން އެންޑް ފައިނޭންސް މެނޭޖަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ޔުނިވިޔަ ހޯލްޑިންގސްގެ ނަންބަރު: UVH/HR/2019/02 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ އަލުން މި މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. ހަވާލާދެވުނު ނަންބަރު އިޢުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށަހެޅުއްވެވި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

މަޤާމު:

އެޑްމިން އެންޑް ފައިނޭންސް މެނޭޖަރ

މުސާރައާއި އެލަވަންސް:

17,000 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ކުންފުނީގެ ބަޖެޓު ތައްޔާރުކުރުމާއި ފޯކާސްޓްތައް ތައްޔާރުކޮށް މޮނިޓަރކުރުން
  • އެކައުންޓްސް ޑިޕާޓްމަންޓުން ކުރަންޖެހޭ ހުރިހާކަމެއް ކުންފުނީގެ ފައިނޭންޝަލް މެނޭޖްމަންޓް މެނުއަލާއި އެއްގޮތަށް ހިންގައި ބެލެހެއްޓުން
  • ކުންފުނީގެ މާލީ ރިޕޯޓުތައް ކަނޑައެޅިފައިވާ  ވަގުތުތަކަށް ނިންމުން
  • ކުންފުނީގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކުރުމާއި، މާލީ ހިސާބު ބެލެހެއްޓުމާއި ގުޅޭ ގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން
  • ކުންފުނީގެ ފަރާތުން ހުށަހަޅަންޖެހޭ ތަފާތު ރެގިއުލޭޓަރީ ރިޕޯޓުތަކާއި އެއްބަސްވުންތަކާއި ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތަށް ހުށަހެޅުން
  • ކުންފުނީގެ މަޤުޞަދުތައް ހާސިލު ކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައި ބެލެހެއްޓުން
  • ކުންފުނީގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން
  • ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ ތަފާތު ރިޕޯޓުތައް އެކުލަވާލުން

 

މަޤާމުގެ ޝަރުތުތައް:

ތަޢުލީމު:

  • CIMA/ACCA ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން
  • ނުވަތަ ފައިނޭންސް/އެކައުންޓިންގ ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސައްކަތު ތަޖުރިބާ:

  • އެކައުންޓިންގ ދާއިރާގައި މެނޭޖީރިއަލް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  • ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ކޮންޓްރޯލްކުރުމާއި ފޯކާރސްޓް ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • އޮޑިޓަރުންނާއި، ލެންޑިންގ އެޖެންސީތަކާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކާއެކު މުޢާމަލާތުކޮށް ތަޖުރިބާ ލިބިފައިވުން

މާލީ އިދާރާތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަޖުރިބާ

ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން

އިންޓަރވިއު

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް

 

ނޯޓު :

 

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.
09 ޖޫން 2019
ހޯދާ