ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މެނޭޖިންގ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރ

މަޤާމް :މެނޭޖިންގ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

 

 

                                                                 

ވަޒީފާގެ ފުރުޞަތު

ޔުނިވިޔަ ހޯލްޑިންގސްގެ ނަންބަރު: UVH/HR/2019/02 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ އަލުން މި މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. ހަވާލާދެވުނު ނަންބަރު އިޢުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށަހެޅުއްވެވި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

މަޤާމު:

މެނޭޖިންގ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރ

މުސާރައާއި އެލަވަންސް:

37,000 ރުފިޔާ

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • އެކަށައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ކުންފުނީގެ ވިޔަފާރިއާއި އިދާރީ ހިންގުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  • ކުންފުނީގެ ވިޝަން އާއި މިޝަން ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  • ވިޔަފާރި ފުޅާކޮށް ތަރައްޤީކުރުމަށާއި ކުންފުނީގެ ފައިދާ އިތުރުކުރުމަށްޓަކައި އިންވެސްޓްމެންޓްތައް ހޯދައި ތަންފީޒުކުރުން.
  • ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުންފުނީގެ ހިންގުން ބައްޓަންކޮށް ދަމަހައްޓައި، ކުންފުނީގެ އެންމެހާ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރުން
  • ކުންފުނީގެ އިދާރީ ހިންގުމުގެ ރިޕޯޓުތަކާއި މާލީ ރިޕޯޓްތަކުގެ އަލީގައި ކުންފުނީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުން.
  • ސްޓޭކްހޯލްޑަރުންނާއި ވިޔަފާރިއާ ގުޅުން ހުރި އެހެނިހެން ފަރާތްތަކާއި ރަގަޅު ގުޅުމެއް ޤާއިމުކުރުން.
  • ކުންފުނީގެ މަސައްކަތްތަކުގެ ދާއިރާއާއި މާކެޓަށް އަންނަ ބަދަލުތަކުގެ ފުރިހަމަ މަޢުލޫމާތު ހޯދައި އަންނަމުންދާ ބަދަލުތަކަށް ފާރަވެރިވެ މަސައްކަތްކުރުން
  • ޑިރެކްޓަރުންގެ ބޯޑުގައި ކުންފުނި ތަމްސީލުކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް ޖަވާބުދާރީވުން.
  • ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތުތަކަށް ރިޢާޔަތްކުރެވޭކަން ކަށަވަރުކުރުން.

 

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ،

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސައްކަތު ތަޖުރިބާ:

  • ވިޔަފާރި ކުންފުންޏެއް ހިންގުމުގެ މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ
  • ދިވެހިރާއްޖޭގެ ވިޔަފާރިއާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވުން
  • ސިޔާސަތުތައް ތަންފީޒުކުރުމާއި ހިންގުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމާ ގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން

 

މަޤާމަށް ބޭނުންވާ އިތުރު ހުނަރުތައް:

 

  • ސީ.އީ.އޯ ގެ މަޤާމު ނުވަތަ އެކްޒެކެޓިވް ލެވެލްގައި މަސައްކަތްކުރުމުގެ ތަޖުރިބާ
  • ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކަށް އަހުލުވެރިވެފައިވުން
  • ނަޒާހާތްތެރިކަމާއި މަސައްކަތުގެ އަޚުލާޤު ހުރުން
  • މަސައްކަތަށް ފަރުވާތެރި ހީވާގި ދައުރެއް އަދާކުރުން
  • މުޢާމަލާތުކުރުމުގެ ހުނަރާއި، އިސްނެގުމުގެ ހުނަރު އަދި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ހުރުން
  • މަސައްކަތުގައި ދިމާވާދަތިތަކާ ކުރިމަތިލުމާއި މައްސަލަތައް ހައްލުކުރުމުގެ ޤާބިލްކަން ހުރުން

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.އެން.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

  •  މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް

 

 

ނޯޓު :

 

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.
09 ޖޫން 2019
ހޯދާ