ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީސް ހިންގާނެ ޢިމާރާތެއް ކުއްޔަށްހިފުމަށް ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ހޯދުން

 

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ، މި ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީސް ހިންގާނެ ޢިމާރާތެއް ކުއްޔަށްހިފުމާ ގުޅޭގޮތުން 09 މޭ 2019 ގައި ކުރެވުނު ނަންބަރުު: IUL)168-CA/1/2019/9) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލުކުރުމަށްފަހު އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖޫން 2019 ވާ (ހޯމަ) ދުވަހުގެ 11:00 އަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހެޑް އޮފީސް (މއ. އުތުރުވެހި، ފަސްވަނަ ފަންގިފިލާ، ކެނެރީމަގު، މާލެ) ނުވަތަ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ސަދަން ރީޖަނަލް އޮފީސް (ސިލްވަރލޭކް، މެދެއާރިމަގު، ހިތަދޫ، އައްޑޫ ސިޓީ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޖޫން 2019 ވާ (ހޯމަ) ދުވަހުގެ 11:00 އަށް މި ކޮމިޝަނުގެ ހެޑް އޮފީހަށް ނުވަތަ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

03 ޖޫން 2019
ހޯދާ