ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ށ. އަތޮޅު ތަޢުލީމީ މަރުކަޒު

ށ. ކޮމަންޑޫ ، ދިވެހިރާއްޖެ

                                                        އިޢުލާން ނަންބަރ: GS09/2019/14

                         ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު                             

މިމަރުކަޒުގެ އިއުލާން ނަންބަރ GS09/2019/12 ( 09 މެއި 2019 ) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އެމަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައި

ނުވާތީ ދެވަނަފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ

 މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 25 އިން 2019 މެއި 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 29 ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 29 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 02 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި -/5,000 (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ށ. އަތޮޅު ތަޢުލީމީ މަރުކަޒު / ފޯން: 6540062

އީ-މެއިލް: [email protected]

 

                                            25 މެއި 2019                   

 

25 މޭ 2019
ހޯދާ