މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ އަދި ޕްރޮޖެކްޓަރ ގަތުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1  ބ.އަތޮޅު ތަޢުލީމީ މަރުކަޒަށް ކޮމްޕިއުޓަރ އަދި ޕްރޮޖެކްޓަރ ވިއްކުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/22/2019/91)  އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން ފަރާތް ކޮލިފައި ވެފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2  މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 26 އިން 2019 މެއި 28 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019  މެއި 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 މެއި 30 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.

5  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341403, 3341436

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

23 މޭ 2019
ހޯދާ