މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޚާއްޞަ ދަންނަވާލުމެއް - ފިތުރު ޢީދު ބަންދާއި ގުޅިގެން ޓްރެވަލް ވެކްސިންގެ ޚިދުމަތާއި ގުޅޭ

ޚާއްޞަ ދަންނަވާލުމެއް - ފިތުރު ޢީދު ބަންދާއި ގުޅޭ

 

1440 ވަނަ އަހަރުގެ ފިތުރު ޢީދާއި ގުޅިގެން ބަންދު ދުވަސްތައްކަމުގައި ހަމަޖެހިފައިވާ ދުވަސްތަކުގައި ދަމަނަ ވެށީގައިވެސް ޚިދުމަތް ދިނުން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މި މުއްދަތުގައި އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ފަރާތްތަކުން އެބޭފުޅުން ޖަހަންޖެހޭ ވެކްސިންތައް (ޓްރެވަލް ވެކްސިން) ފިތުރު ޢީދު ބަންދު ފެށުމުގެ ކުރިން ފުރިހަމަކުރެއްވުމަށް މި އިދާރާއިން އިލްތިމާސް ކުރަމެވެ. އަދި ވެކްސިން ޖެހުމަށްފަހު ލިބޭ ވެކްސިން ސެޓްފިކެޓްގައި ހުރިހާ މަޢުލޫމާތު ހަމައަށް ހުރިތޯ ޗެކުކުރެއްވުމަށްވެސް ދަންނަވަމެވެ.

އަދި ބަންދު ދުވަސްތަކުގައި އިމަޖެންސީކޮށް ކޮންމެހެން ޖަހަންޖެހޭ ޓްރެވަލް ވެކްސިން ޖަހައިދެވޭނީ ތިރީގައިވާ ލިޔެކިޔުން ފުރިހަމަކުރުމަށްފަހު 3322403 މިނަންނަބަރަށް ގުޅާ ފަރާތްތަކަށެވެ.

1)    މުއްދަތު ހަމަނުވާ ޕާސްޕޯޓް.

2)    މުއްދަތު ހަމަނުވާ އައި.ޑީ ކާރޑް.

3)    އަދި މަތީގައި ދެންނެވިފައިވާ މުއްދަތުގައި ފުރުމަށް އޯކޭ ކުރެވިފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑުޖެހި ޓްރެވަލް ޑޮކިއުމެންޓް.

23 މޭ 2019
ހޯދާ