ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ (ރ.އުނގޫފާރު އައުޓްރީޗް ސެންޓަރ)

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :3

އެގްޒާމް އިންވިޖިލޭޓަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިޙާނާއި ރީސިޓް އިމްތިޙާނު ރ.އުނގޫފާރު އައުޓްރީޗް ސެންޓަރުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މި އިޢުލާނުގައި އިމްތިޙާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ މިއަހަރުގެ 1 ވަނަ ޓަރމްގެ އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އެ ދަރިވަރުންނަށް ބޭނުންވާނެ އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ ޢަދަދެކެވެ. ނަމަވެސް ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ ޢަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު އަތުވެދާނެއެވެ.

 

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

03

އޮފީސް:

ރ.އުނގޫފާރު އައުޓްރީޗް ސެންޓަރ

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

 

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަސްތަކުގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

  • ފައިނަލް އިމްތިޙާނު އޮންނާނީ 4 ޖުލައި 2019 އިން 13 ޖުލައި 2019 އަށެވެ.
  • ރީސިޓް އިމްތިޙާނު އޮންނާނީ 4 އޮގަސްޓް 2019 އިން 10 އޮގަސްޓް 2019 އަށެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށެވެ.

  • އޮންލައިން އެޕްލިކޭޝަން ތިރީގައިވާ ލިންކުން ހުށަހެޅޭނެއެވެ.

https://docs.google.com/forms/d/e/1FAIpQLSdn-__7P1WoUNBf3J36bJXIcId0ORocyOqRp9cBHWMFZGBZlQ/viewform

  • ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމް ލިބެން ހުންނާނީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައިވާ ލިންކް އިންނެވެ.

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-Term-2.pdf

އެޕްލިކޭޝަންގެ ސުންގަޑި:

30 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

އެޕްލިކޭޝަން ފޯމާއެކު އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އިންވިޖިލޭޓަރަކަށް ހޮވިއްޖެނަމަ، އެފަރާތްތަކުން ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

23 މޭ 2019
ހޯދާ