މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
2 ކްލާސްރޫމުގެ އިމާރާތެއް އެޅުމުގެ މަސައްކަތް

  • މިސްކޫލުގައި 2 ކްލާސްރޫމުގެ އިމާރާތެއް، ސްކޫލުން ދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 26 މެއި 2019 އިން 30 މެއި 2019 އަށް ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 03 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މުޙައްމަދު ޖަމާލުއްދީން ސްކޫލުގައި އޮންނާނެއެވެ.

 

  • ބިޑް ހުޅުވުން އޮންނާނީ 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މުޙައްމަދު ޖަމާލުއްދީން ސްކޫލުގައެވެ.

 

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ·        މުޙައްމަދު ޖަމާލުއްދީން ސްކޫލް
  • ފޯން:  6860003
  • އީ-މެއިލް: [email protected]
23 މޭ 2019
ހޯދާ