މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ޤަވާޢިދާއި ގުޅޭ

ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ޢިމާރާތް ކުރުމުގެ ޤާނޫނު (4/2017) 23 އޭޕްރީލް 2017ގައި ވަނީ ވުޖޫދަށް ގެނެވި އެޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މިޤާނޫނުގެ ދަށުން އެކުލަވާލެވި މިހާރު ގެޒެޓް ކުރެވިފައިވާ ޤަވާޢިދުތަކުގެ ތެރެއިން ތިރީގައިވާ ޤަވާޢިދަށް މިހާރު އަމަލުކުރަން ފަށާފައިވާކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރަމެވެ.

1-      ޢިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، އެތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ޤަވާޢިދު 

(I (2019/R-1018  މާރިޗު 30 2019

ޢިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް ކަމަށްވާ މެޓީރިއަލް ޓެސްޓިންގ ލެބޯޓްރީތައް ފަދަ ތަންތަނުން އެތަންތަނުގެ ޚިދުމަތްތައް 28 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ފޯރުކޮށްދެވޭނީ ޢިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، އެތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ޤަވާޢިދު ގެ ދަށުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ކަމުގައި ދަންނަވަމެވެ.  ވީމާ ތަކެތި ޓެސްޓުކުރާ ފަރާތްތައް މިދެންނެވި ތާރީޚުން ފެށިގެން މިޤަވާޢިދުގެ ދަށުން މިމިނިސްޓްރީގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މި މިނިސްޓްރީގައި ރަޖިސްޓަރީވެފައިވުމަށް އެދޭ ފަރާތްތަކުން 28 ޖޫން 2019 ގެ ކުރިން ރަޖިސްޓަރީވުމަށް ބޭނުންވާ ލިޔެކިޔުންތައް މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޚުގެ ފަހުން އެފަދަ ފަރާތްތަކުން ޚިދުމަތް ދެމުން ގެންދަނީ ޤަވާޢިދާއި އެއްގޮތްވާގޮތުގެމަތިން ރަޖިސްޓްރީ ކޮށްގެންތޯ މިމިނިސްޓްރީގެ ފަރާތުން ބަލަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.

ތަކެތި ޓެސްޓުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިމިނިސްޓްރީގެ ވެބްސައިޓު www.planning.gov.mv/cidd.html އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ފޯނުނަންބަރު 3004307 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

23 މޭ 2019
ހޯދާ