މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މާކެޓިންގ އެގްޒެކެޓިވް

 

 

                                   އިޢުލާން ނަންބަރު:IUL)MMPRC-HR/1/2019/33)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: މާކެޓިންގ އެގްޒެކެޓިވް

މުސާރަ (މަހަކު):-/6,600 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:/-4,400 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 1

 ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. މަޤާމަށް ބޭނުންވާ މާރކެޓިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލްކޮށްފައިވުން، (ނުވަތަ)

 ށ- މާރކެޓިންގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާކެޓިންގ ޕްލޭން ތައްޔާރުކުރުމަށްޓަކައި، ޙަވާލު ކުރެވޭ މަސައްކަތްތަކުގެ އެންމެހާ މައުލޫމާތު އެކުލެވޭ ގޮތަށް މާކެޓް ރިޕޯރޓް ނިންމަންޖެހޭ މުއްދަތަށް ނިންމުން.
  2. ރާއްޖެއިން ބޭރުގައި، މިކޯޕަރޭޝަންގެ ފަރާތުން އިންތިޒާމް ކުރާ ޚަރަކާތް ( ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓް) ތަކުގައި ބައިވެރިވުމަށްޓަކައި ހަވާލު ކުރެވޭ އެންމެހާ މާރކެޓިންގ މަސައްކަތްތައް ކުރުން.
  3. ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވާ، އެކިއެކި ޕްރޮމޯޝަނަލް ޙަރަކާތްތަކުގެ ރިޕޯރޓްތައް އެ ޙަރަކާތެއްނިމޭތާ 3 ދުވަހުގެ ތެރޭގައި ތައްޔާރުކުރުން.ޙަވާލުކުރެވިފައިވާ މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރކުރާ އާޓިކަލްތައް  އެމާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި މޮނިޓަރކޮށް، އަހަރު ނިމޭއިރު މީޑިއާ ވެލިޔު ރިޕޯރޓް ތައްޔާރުކުރުން.
  4. ޙަވާލުކުރެވިފައިވާ މާކެޓްތަކުގެ ޓުއަރ އޮޕަރޭޓަރުންނާއި، މީޑިއާ ހިމެނޭ ގޮތަށް ޑޭޓާބޭސް ބެލެހެއްޓުން.
  5. ޚަވާލުކުރެވޭ މާކެޓްގެ މީޑިއާ ރިޕޯޓްތައް ބެލެހެއްޓުން.
  6. ޙަވާލުކުރެވޭ މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިމާވާ މައްސަލަތައް ދިރާސާކޮށް، ކޮންމެ 3 މަހުން ރިޕޯރޓް ތައްޔާރުކުރުން.
  7. ޙަވާލުކުރެވިފައިވާ މާރކެޓްތަކުގައި އިޝްތިހާރު ކުރުމާއިގުޅޭ އެންމެހާ މަސައްކަތާއި އަދި އެހެނިހެން ކަންތައްތައް ޕީ.އާރް ގެ ލަފާ ހޯދާ، ސުޕަވައިޒަރގެ ލަފާގެ މަތިން ކުންފުންޏާއި ގުޅިގެން ކުރަމުން ގެންދިއުން.
  8. ޙަވާލުކުރެވޭ  މާރކެޓްތަކުގެ މަޖައްލާތަކުގައި ޖަހާ އިޝްތިހާރުތަކުގެ މަސައްކަތްތައް އަޕްޓޭޑް ކޮށް ބެލެހެއްޓުން.

 ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި ކޯޕަރޭޝަން (ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް ހުރި އިމާރާތް، 1 ވަނަ ފަންގިފިލާ) އަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސްދެވޭނީ ލިޔުން ހުށައަޅާފައިވާނަމައެވެ).

ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

އިތުރު މަޢްލޫމާތު:

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

 އެޑްރެސް ކުރައްވާނީ:

 ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

23 މޭ 2019
ހޯދާ