މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދު ކަނޑައެޅުމާބެހޭ

އިޢްލާން

 

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދު ކަނޑައެޅުމާބެހޭ

ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު، ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އައްޑޫ ސިޓީގައި އެދެވޭނެ ސަރަހައްދުތައް ތިރީގައި އެވަނީއެވެ.

  • ހިތަދޫ – ހިތަދޫ ބަނދަރު ސަރަޙައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު، ރީޖަނަލް ހޮސްޕިޓަލް ސަރަހައްދު
  • މަރަދޫ – މަރަދޫ ބަނދަރު ސަރަހައްދު، މަރަދޫ ސިއްޙީ މަރުކަޒު ސަރަހައްދު
  • މަރަދޫފޭދޫ – މަރަދޫފޭދޫ ބަނދަރު ސަރަހައްދު
  • ފޭދޫ – ފޭދޫ ބަނދަރު ސަރަހައްދު، ފޭދޫ ސިއްޙީ މަރުކަޒު ސަރަހައްދު
  • ހުޅުދޫ – ހުޅުދޫ ބަނދަރު ސަރަހައްދު، ހެރެތެރެ ޗެނަލް ސަރަހައްދު
  • މީދޫ – މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްޙީ މަރުކަޒު ސަރަހައްދު، ހުޅުމީދޫ މެދު ބަނދަރު ސަރަހައްދު

ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން، މިސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އައްޑޫ ސިޓީގެ އަވަށު އޮފީސްތަކަށެވެ. 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ.

24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓްމުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ.

24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައެވެ.

24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެއެވެ.

މި މިޢްލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ކޯލް ސެންޓަރ 1691 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

22 މޭ 2019
ހޯދާ