މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" އާ ގުޅޭ ގޮތުން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ގެ ވެރިފަރާތްތަކަށް މަޢުލޫމާތު ޙިއްޞާ ކުރުން.

އެނައުންސްމަންޓް

 

"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" އާ ގުޅޭ ގޮތުން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ގެ ވެރިފަރާތްތަކަށް މަޢުލޫމާތު ޙިއްޞާ ކުރުން.

              "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" ގެ ދަށުން ވަކިވަކި ސިގިރޭޓް ވިއްކުން މަނާ ކުރުން 31 މެއި 2019 ގައި އަމަލުކުރުން ފެށުމާއި ގުޅޭގޮތުން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ވެރިންނަށް  މަޢުލޫމާތު ޙިއްޞާ ކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް 22 މޭ 2019 ވާ ބުދަ ދުވަހު ހެނދުނު 10:00 ން 11:00 އަށް ރޯޝަނީ ބިލްޑިންގ، 08 ވަނަ ފަންގިފިލާގައި އޮންނާނެވެ. 

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، މި އެޖެންސީގެ ނަންބަރު 3014411 ފޯނުން ގުޅުއްވާ ނަން ނޯޓު ކުރެއްވުން އެދެމެވެ.  

21 މޭ 2019
ހޯދާ