މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ކައުންސިލުން ގާއިމްކުރުމަށް ނިންމާފައިވާ އައުޓްޑޯރ ޖިމަށް ބޭނުންވާ އިކުއިޕްމަންޓް ގަންނަން ބޭނުންވެއްޖެ

މި އިޢުލާންވަނީ 21 މޭ 2019 10:45 ގައި ބާތިލް ކުރެވިފައެވެ.


ނަމްބަރު:IUL)297/INDIV/2019/26)

 

އިޢުލާން

ނ.ވެލިދޫ އައުޓްޑޯ ޖިމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

ނ.ވެލިދޫ ކައުންސިލުން ގާއިމްކުރުމަށް ނިންމާފައިވާ އައުޓްޑޯރ ޖިމަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށްވަނީ ބޭނުންވެފައެވެ. އިކުއިޕްމަންޓުގެ ހުރިހާ ތަފުސީލު މަޢުލޫމާތު އިއުލާނާއެކުގައި އެވަނީއެވެ.

މިތަކެތި ވިއްކުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ މިތަކެތި ވިއްކަން އެދޭ ފަރާތްތަކުން ވެލިދޫ ކައުންސިލްގެ އިދާރާއަށް މިތަކެތި ފޯރުކޮށްދެވޭނެ އަގާއި މުއްދަތު ބަޔާންކޮށް 27 މެއި 2019ވާ ހޯމަ ދުވަހުގެ 10:30އަށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

20%

  • މި ބައިގަމާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ތަކެތި ފޯރުކޮށްދިނުމަށް އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

11 ރަމަޟާން 1440

 16 މެއި 2019

16 މޭ 2019
ހޯދާ