ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދު ޕާކުކުރުމާއި ބެހޭ

                          `                                                             

ނަންބަރު: IUL-248-ESMSMS/248/2019/45 

      

އިޢުލާން

          އެއްގަމުގައި ދުއްވާ ތަކެތި ޕާރކު ކުރާއިރު، މިސްކިތްތަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ގޯތިތަކުގެ އަދި ފަރުދުންގެ ގޯތިތަކުގެވެސް މަގުފާރުގައި އެ ތަކެތީގެ ފުރޮޅު ނުވަތަ އެނޫންވެސް ތަނެއް ޖެހޭ ގޮތަށް ބައެއް ފަރާތްތަކުން ޕާރކު ކުރައްވަމުން އެބަ ގެންދެއެވެ. އެ ގޮތަށް އެކަން ކުރުމުގެ ސަބަބުން އެފަދަ ތަންތަނުގެ މަގުފާރުތައް ވަރަށް އަވަހަށް ކިލާވެ ހަޑިވަމުން އެބަދެއެވެ. އެއްގަމުގައި ދުއްވާ ތަކެތީގެ ތެރެއިން ބައިސިކަލާއި، ސައިކަލް ވަރަށް ގިނައިން އެ ގޮތަށް ޕާރކުކޮށްފައި ހުންނަކަން، ފާހަގަކުރެވިފައި ވެއެވެ.    

          ދެންނެވުނު ގޮތަށް އެފަދަ ތަކެތި ޕާރކުކޮށް ހެދުމަކީ މި އިދާރާއިން މަނާކޮށްފައި އޮންނަ ކަމެކެވެ. އެއީ އެފަދަ ތަންތަނަކީ ޙުރުމަތްތެރި އަދި ޙުރުމަތްތެރިކޮށް ހިތަންޖެހޭ ތަންތަން ކަމަށްވާތީއާއި، އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނަކީ، މާތްވެގެންވާ އިސްލާމް ދީނަށް ލޯބިކުރާ، ޢިލްމީ، އަދި ތަހްޒީބީ ރައްޔިތަކު ދިރިއުޅޭ ރަށަކަށްވާއިރު، ވަރަށް މަދު ބަޔަކު މިފަދަ ނާތަޙްޒީބީ ކަންކަން ކުރުމުން، ރަށަށް ވަރަށްބޮޑަށް ހުތުރު ލިބެމުން ދާތީއެވެ.  

          ވީމާ މި ފަދަ ކަންކަމަކީ ވަރަށްވެސް ނާތަހްޒީބީ، އަދި ރަށަށް ވަރަށް ބޮޑަށް ހުތުރު ލިބޭ ކަންތައްތައް ކަމަށް ވީހިނދު އެއްގަމުގައި ދުއްވާ ތަކެތި ޕާރކު ކުރާއިރު، މިސްކިތްތަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި، އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ގޯތިތަކުގެ އަދި ފަރުދުންގެ ގޯތިތަކުގެ މަގުފާރުގައި އެ ތަކެތީގެ ފުރޮޅު ނުވަތަ އެނޫންވެސް ތަނެއް ޖެހޭ ގޮތަށް އެއްވެސް ފަރާތްތަކުން އެފަދަ ތަކެތި ޕާރކުކޮށް ނުހެދުމަށް ދެންނެވީމެވެ.

          މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މޭ 2019
ހޯދާ