މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސްބައި ކުއްޔަށް ދިނުން

   ތިރީގައި މިދަންނަވާ އޮފީސްބައި ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.

  • ފިލާ ބިލްޑިންގ 1 ގެ 3 ވަނަ ފަންގިފިލާ (އުތުރުބައި) - 525 އަކަފޫޓް

   ވީމާ، މި އޮފީސްބައި ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" މި އިދާރާއިން ހޯއްދަވައި ފުރިހަމަ ކުރެއްވުމަށްފަހު، 2019 މޭ 29 ވަނަ ދުވަހު ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް 2019 މޭ 21 ދުވަހު ހެނދުނު 9:30 އިން ފެށިގެން ރަސްމީގަޑީގައި އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާއިން ލިބެން ހުންނާނެއެވެ.

ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބަންދުނޫން 30 ދުވަހެވެ.

   މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.

20 މޭ 2019
ހޯދާ