މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1 ހުޅުމާލޭ ނެއިބާހޫޑް 2 ގައި އިމާރާތް ކުރެވިފައިވާ މުޙައްމަދު ޤާސިމް ޕްރީ ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/22/2019/80) އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު 2 ވަނަ ފަހަރަށް އިޢުލާންކުރީމެވެ. މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ

2 މި ޕްރޮޖެކްޓްގެ ބީލަން ފޮތް ވިއްކާނީ 19 މެއި 2019 އިން ފެށިގެން 26 މެއި 2019 ވަނަ ދުވަހަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 ށް، މި މިނިސްޓްރީގެ ފައިނޭންސް ޑިވިޜަނުންނެވެ. ބީލަން ފޮތެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާއެވެ.  

3 މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 150 ދުވަހެވެ.

4 މިޕްރޮޖެކްޓާއި ގުޅިގެން ޕްރީ ސްކޫލު ދައްކާލުން އޮންނާނީ2019 މެއި 27 ވާ ހޯމަ ދުވަހުގެ 13:15ގައިމުޙައްމަދު ޤާސިމް ޕްރީ ސްކޫލުގައެވެ.

5 މި ޕްރޮޖެކްޓްގެ ޕްރީ ބިޑް މީޓިންގ އޮންނާނީ2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 04 (ވެލާނާގެ 09 ވަނަ ފަންގިފިލާ) ގައެވެ.

6 ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުން އޮންނާނީ 2019 ޖޫން 09 ވާ އާދިއްތަ ދުވަހުގެ 11:00މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 04 (ވެލާނާގެ 09 ވަނަ ފަންގިފިލާ) ގައެވެ.

7 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341436, 3341403

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

19 މޭ 2019
ހޯދާ