ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: އެއަރކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގދ،ތިނަދޫ ކެމްޕަހަށް 5 އެއާރކޯން ސަޕްލައިކޮށް (އަމިއްލަ ތަކެތީގައި) އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަމްބަރ: 153-TC/2019/07  އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ މަސައްކަތް އަލުން ބީލަމަށް ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ތިނަދޫ ކެމްޕަސް (އޯކިޑްމަގު، ގދ،ތިނަދޫ) އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މި ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ 20 މެއި 2019 ވާ ހޯމަދުވަހު 11:00 ގައި ތިނަދޫ ކެމްޕަސް (އޯކިޑްމަގު، ގދ،ތިނަދޫ) ގައެވެ. ޕްރީ-ބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

16 މޭ 2019
ހޯދާ