ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

c

 

ނ.އަތޮޅު މަދަރުސާ

ނ.މަނަދޫ

ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަބްބަރު 21/2019/GS35

މަޤާމް:

މަސައްކަތު

މަޤާމް ނަންބަރު:

J-132781

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމްގެ ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.އަތޮޅު މަދަރުސާ / ނ.މަނަދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެޑްމިން ސެކްޝަން

މަޤާމުގެ އަސާސީ މުސާރަ:

މަހަކު  -/3100 ރުފިޔާ

ސާވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު -/1200 ރުފިޔާ

އުޖޫރައާއި ޢިނާޔާތްތައް:

-  އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެފައިސާ ލިބިލައްވާނެ.

-  ސިވިލްސަރވިސް ގެ މުވައްޒަފުންނަށް ދިނުމަށް ސިވިލްސަރވިސް އިން ކަނޑައަޅުއްވާފައިވާ 

   އެލަވަންސް ، އާއި ޢިނާޔަތްތައް.

-  ސިވިލްސަރވިސްގެ މުވައްޒަފުންނާއިބެހޭ ގަވާއިދުގައިވާ ގޮތުގެމަތީން ވަޒީފާ އާއި، މުސާރައިގެ

   ކުރިއެރުން.     

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

 

1-      ސްކޫލްގެ ކްލާސްރޫމްތަކާއި، ސްޓާފްރޫމް، ސުޕަވައިޒަރސް ރޫމް، ރިސޯސް ރޫމް، ލައިބްރަރީ، ކޮމްޕިއުޓަރ ލެބް އަދި އެހެނިހެން ޢިމާރާތްތަކުގެ ތެރެއިން އެތަނެއް ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ތަންތަން މަދުވެގެން ދުވާލަކު އެއް ެފަހަރުު ކުނިކަހާ، ސާފުކޮށް ބެލެހެއްޓުމާ، ތަށިމުށި ޖަހާފައިވާ ކުލާސްތަކާ، އެހެނިހެން ތަންތަންހަފުތާއަކު2 ފަހަރު މޮޕްކުރުން.

2-      ސާފުކޮށް ބަލަހައްޓަން ހަވާލުކުރެވިފައިވާ ތަންތަނުގެ ދޮރުތަކާއި ކުޑަދޮރުތަކާއި ދޮރުފަތްތަކުގެ އިތުރުން ފަންކާތަކާއި ހޮޅިބުރިފަދަ ތަކެތީގެ ހިރަފުސް ފޮޅާސާފުކުރުން. (މަދުވެގެން ހަފްތާއަކު އެއްދުވަހު)

3-      އޮފީހުން އަންގާ އިތުރުގަޑީގެ މަސައްކަތަށާއި، ޑިޔުޓީއަށް ޤަވާޢިދުން ޙާޟިރުވުން.

4-      ޖަލްސާތާކާ، ބައްދަލުވުންތަކަށް ހޯލްރާވާ، އިންތިޒާމުކުރުން.

5-      ސެޝަނުގައި މަސައްކަތްކުރާ މަސައްކަތު މީހަކު ޙާޟިރުނުވާ ދުވަހެއްގައި އެމުވައްޒަފަކާއި ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ ، ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް ޙަވާލު ކުރެވިއްޖެނަމަ، މަސައްކަތް ސުޕަވައިޒްކޮށް ބަލަހައްޓާ ފަރާތުން އަންގާ ގޮތެއްގެ މަތިންކުރުން.

6-      ސްޓާފް ރޫމާއި، އޮފީހުގެ ފެންކޫލަރުގައި ފެން ހުރިތޯބަލާ ފެންއަޅާ ބެލެހެއްޓުން.

7-      ސުކޫލުން ބާއްވާ އެންމެހާ ޙަފްލާތަކުގައި ސްކޫލުން އެހީތެރިކަމަށް އެދިފިނަމަ އެހީތެރިވެދިނުން.

8-      ޑިއުޓީގައި ހުންނަސެޝަނުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި ސުޕަވައިޒަރުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މަސައްކަތު މީހެއްގެ އެހީއަށް ބޭނުންވާ ވަގުތުގައި އެފަރާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުން. ޚާއްސަކޮށް ދަރިވަރުންނާއިގުޅޭ ކަންތައްތަކުގައި ޚާއްސަ ސަމާލުކަމެއް ދިނުން.

9-      ކުނިކަހާ ކުލާސްރޫމްތަކުގެ ދޮރުތައް ތަންޑުއަޅުވާ، ހޮޅިބުރިތަކާ ފަންކާތައް ނިވާލުން.

10-  ސްކޫލްގެ ދަރިވަރުންގެ ފާޚާނާތަކާއި މުވައްޒަފުންގެ ފާޚާނަގެ ތެރެއިން ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފާޚާނާތައް ދުވާލަކު މަދުވެގެން 4 ފަހަރު ސާފުކުށް ބެލެހެއްޓުން.

11-  ސްކޫލްގެއިމާރާތްތަކުގެ ފުރާޅުތަކާއި ދިޔަދޮވިތަކާއި ފެންނަގަންބޭނުންކުރާ ވަޅުތަކާއި ބޯފެންރައްކާކުރާތާނގީތައްް ސާފުކޮށްބެލެހެއްޓުމާއި ހަވާލުކުރެވިއްޖެނަމަ، މަސައްކަތް ސުޕަވައިޒްކޮށް ބަލަހައްޓާފަރާތުން ކަނޑައަޅާ މިންވަރަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ.

12-  ސްކޫލްގެ ބަގީއްޗާއަށް ފެންދީ ،ކޮށާ ބެލެހެއްޓުން.

13-  ސްކޫލްގެ ގޯތިތެރޭގައި ހުންނަ ރުއްގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުމާއި މަސައްކަތް ސުޕައިޒްކުރާފަރާތުން ކަނޑައަޅާ މިންވަރަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ.

14-  ސާފުކުރުމަށް ހަވާލުކުރެވޭ ތަންތަން، މަސައްކަތް ސުޕައިޒްކުރާފަރާތުން ކަނޑައަޅާ މިންވަރަށް ރަނގަޅަށް ސާފުކުރުން.

15-  ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި މަސައްކަތް ސުޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ ފަރާތުގެ އިރުޝާދު ހޯދުން. އަދި ޙަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް  އަންގާ މުއްދަތަށް/ވަގުތަށް ނިންމުން.

މާޤާމުގެ ޝަރުތުތައް

  1. ލިޔަންކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ

   ވެބްސައިޓުން އަދި މި މަދަރުސާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

   ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން،

   ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް

   އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ، އަދާކޮށްފައި

      އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން

      ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒިފާ އަދާކުރި މުއްދަތާއި، ވަޒިފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ވަޒިފާ އަދާކުރި މުއްދަތާއި، ވަޒިފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ

މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒިފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.    

މީހުން ހޮވުމުގައިބާލާނެ ކަންތައްތައް

1- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ބެލުމުގެ ގޮތުން އިންޓަރވިއު ކޮށްގެން.

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި

 މިވަޒީފާއަށް ޝަރުތު ހަވާ  ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 26 މެއި 2019 ވާ އާދިއްތަ  ދުވަހުގެ  13.00 ގެކުރިން ނ.އަތޮޅު މަދަރުސާއަށް  ހުށަހެޅުން އެދެމެވެ.

ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯރމް ރަސްމީގަޑީގައި ނ.އަތޮޅު މަދަރުސާގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

 

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 27 މެއި  2019 އިން 30 މެއި  2019  އާދެމެދު ނ.އަތޮޅު މަދަރުސާގައި ބޭއްވޭނެއެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީހުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

 މިވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 1 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލާފައިވާ

ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. އެންމެ މަތިން މާކުސްލިވޭ ފަރާތަކަށް މިމަޤާމް ހަމަޖައްސައި ދެވޭނެއެވެ.  

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 6560003 ފޯނާ އެވެ. މިމަޤާމަށް  އިންޓަރވިއުކުރެވޭނީ މަގާމުގެ ޝަރުޠުހަމަވާ ފަރާތްތަކާއެވެ.

     

 

11 ރަމަޟާން 1440

                                 16  މެއި   2019

16 މޭ 2019
ހޯދާ