ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އިންޑޯރ އަދި އައުޓްޑޯރ ސައުންޑް އިކުއިޕްމެންޓްސް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/36

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-016-19) PSM-Eng /2019/64,65

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

1- މިކުންފުންޏަށް ބޭނުންވާ އިންޑޯރ އަދި އައުޓްޑޯރ ސައުންޑް އިކުއިޕްމެންޓްސްތައް  ގަންނަންބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2019/34 ނަންބަރ އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ މަރުހަލާގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް ، ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

2- މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިތަކެތި ވިއްކުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މެއި 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

3- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު 500،000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ އިތުރުވާނަމަ ބީލަން ހުށަހަޅާ ފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000.00ރ (ދިހަހާސް ރުފިޔާ) ގެ ބެންކް ގެރެންޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ. މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު 1،000،000.00ރ (އެއްމިލިއަން ރުފިޔާ) އަށްވުރެ އިތުރުވާނަމަ ބީލަން ހުށަހަޅާ ފަރާތުން ޕާރފޮމެންސް ސެކިއުރިޓީގެ ގޮތުގައި ބިޑްކުރާ ފައިސާގެ ޖުމްލަ އަދަދުގެ (ދިހައެއް) ޕަސެންޓް ގެ ބެންކް ގެރެންޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.

4- ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

07 ރަމަޟާން 1440                  

12  މެއި   2019                     

13 މޭ 2019
ހޯދާ