ދިވެހިރާއްޖެ
އިޢުލާން
މިއޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް މައި ޢިމާރާތުގައި 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ގަސް ބަހައްޓައިގެން ޒީނަތްތެރި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2019/14 އިޢުލާނަށް މަޢުލޫމާތު ސާފުކުރަން ހާޒިރުވީ 2 ފަރާތުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 މޭ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 23 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
08 ރަމަޟާން 1440
13 މޭ 2019