ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

ނަންބަރIUL)468-U02/468/2019/65) 

 

މަޤާމް

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމްގެ ނަންބަރ

J-300893

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

އެމް.އެސް.3

މަޤާމްގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން

ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވެންސް

-/2000ރުފިޔާ

އިތުރު ޢިނާޔަތްތައް

ސަޕޯޓިންގ ކޯ އެލަވަންސް -/900ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ފުވައްމުލަކު ސިޓީ ކައުންސިލުން ގާއިމްކުރާ ލައިބްރަރީތައް ހިންގުމުގެ އެންމެހައި ކަމެއް ބެލެހެއްޓުން
  • ދިވެހިރާއްޖޭގެ އެކި އެކި ކުޅިވަރު އެސޯސިއޭޝަންސް ތަކުން މުޅި ރާއްޖެއަށް އަށް އަމާޒުކޮށް ހިންގާ ކުޅިވަރު މުބާރާތްތައް ތަކާއި ކައުންސިލުން ހިންގަން ކަޑައަޅާ ކުޅިވަރު މުބާރާތްތައް އިންތިޒާމްކޮށް ހިންގުން
  • ސަރުކާރުގެ އެކި އެކި ވުޒާރާތަކުން ހިންގާ އެކި އެކި ޓްރޭނިން ޕޮރުގުރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުމައްޓަކައި އެކިއެކި ޓްރޭނިންގ ޕޮރުގުރާމްތައް ރާވައި ހިންގުން
  • ޘަގާފަތްދިރުވާއާލާކުރުމާއި އާޘާރީތަރިކަތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައިކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ފަންނީ އަދި މާލީ އެހީތެރިކަމާއެކު އެފަދަ ކަންތައްތަކާއި ތަންތަން ދިރުވައި އާލާކުރުމާއި ޙިމާޔަތް ކުރުމަށް މަސައްކަތްކުރުން.
  • އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން ހިންގަންޖެހޭ ޕްރޮގްރާމުތައް ހިންގުމާއި، ގެވެށި އަނިޔާއާއި އިޖުތިމާޢީ ރައްކާތެރިކަން ގެއްލިފައިވާ ފަރާތްތަކަށް އެމީހުންގެ ޙައްޤު ހޯދައިދިނުމުގެ ގޮތުން ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.
  • ކުޅިވަރުގެރޮނގުންނާޢި އެހެނިހެން އެކިއެކި ދާއިރާތަކުން ގައުމީ ފެންވަރުގެ މީހުން ފުވައްމުލަކުން އުފެއްދުމަށް މަސައްކަތްކުރުން.
  • ފުވައްމުލަކު ރައްޔިތުންނަކީ ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން
  • ފުވައްމުލައް ސިޓީގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށް ހެދުމަށްޓަކައި ސިއްޙީ މާހިރުންގެ އެހީތެރިކަމާއިއެކު ބޭނުންވާ މަޢުލޫމާތު ފެތުރުން.

މަޤާމުގެ ޝަރުޠުތައް:

  • ބިޒިނަސް އެޑްމިނިސްޓްރޭޝަން ، ބިޒިނަސްމެނޭޖްމެންޓް، ޕަބްލިކްއެޑްމިނިސްޓްރޭޝަން އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ނުވަތަ   ބިޒިނަސް އެޑްމިނިސްޓްރޭޝަން ، ބިޒިނަސްމެނޭޖްމެންޓް، ޕަބްލިކްއެޑްމިނިސްޓްރޭޝަން އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ނުވަތަބިޒިނަސް އެޑްމިނިސްޓްރޭޝަން ، ބިޒިނަސްމެނޭޖްމެންޓް، ޕަބްލިކްއެޑްމިނިސްޓްރޭޝަން އިން  އިން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )                                                  

 

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.

 ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

( ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

 

 ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.           

 

މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

(ހ)   ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެތަޖުރިބާ
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު
  • އަދި އިންޓަރވިއު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މޭ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6860958 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 މޭ 2019 އާއި 29 މޭ 2019 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލްގައެވެ.

ޝޯޓް ލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ

މިއިދާރާގެ ފޯން ނަންބަރ6865001،6860004،6862030, ފެކްސް:6860958

އީމެއިލް:[email protected]

 

04ރަމަޟާން 1440

09މޭ 2019

09 މޭ 2019
ހޯދާ