ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދުއިން 4 ހުސް ބިމާއި 1 ޢިމާރާތް ކުއްޔަށް ދޫކުރުން

 

ހއ ދިއްދޫ ބަނދަރު ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް އޮތް ތިރީގައި ތަފްޞީލް ދެވިފައިވާ 4 ހުސް ބިމާއި، ފުޓްސަލް ދަނޑުގެ ދެކުނުގައި ހުރި ރައްޔިތުންގެ ޢިމާރާތް 10 އަހަރު ދުވަހުގެ މުއްދަތަށް، ތިރީގައިވާ ގޮތަށް ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ.

 

 1) ކުއްޔަށް ދޫކުރެވޭ ހުސް ބިންތަކުގެ ތަފްޞީލާއި ކުލި

* ވައިލެޓް 4 (ޖުމްލަ 1039.50 އަކަފޫޓް)

     ކުލި: އަހަރު 1 (އަކަފޫޓަކަށް މަހަކު 40 ލާރީގެ ރޭޓުން، މަހަކު 415.80 ރުފިޔާ) 

     ކުލި: އަހަރު 2، 3 އަދި 4 (އަކަފޫޓަކަށް މަހަކު 50 ލާރީގެ މަހަކު 519.75 ރުފިޔާ)

     ކުލި: އަހަރު 5، 6 އަދި 7 (އަކަފޫޓަކަށް މަހަކު 60 ލާރީގެ ރޭޓުން، މަހަކު 623.70 ރުފިޔާ)

     ކުލި: އަހަރު 8، 9 އަދި 10 (އަކަފޫޓަކަށް މަހަކު 1 ރުފިޔާގެ ރޭޓުން މަހަކު 1،039.50 ރުފިޔާ)

 

* ވައިލެޓް 5 (ޖުމްލަ 1000.50 އަކަފޫޓް)

     ކުލި: އަހަރު 1 (އަކަފޫޓަކަށް މަހަކު 40 ލާރީގެ ރޭޓުން، މަހަކު 400.20 ރުފިޔާ) 

     ކުލި: އަހަރު 2، 3 އަދި 4 (އަކަފޫޓަކަށް މަހަކު 50 ލާރީގެ މަހަކު 500.25 ރުފިޔާ)

     ކުލި: އަހަރު 5، 6 އަދި 7 (އަކަފޫޓަކަށް މަހަކު 60 ލާރީގެ ރޭޓުން، މަހަކު 600.30 ރުފިޔާ)

     ކުލި: އަހަރު 8، 9 އަދި 10 (އަކަފޫޓަކަށް މަހަކު 1 ރުފިޔާގެ ރޭޓުން މަހަކު 1000.50 ރުފިޔާ)

 

* ވައިލެޓް 6 (ޖުމްލަ 1072.50 އަކަފޫޓް)

     ކުލި: އަހަރު 1 (އަކަފޫޓަކަށް މަހަކު 40 ލާރީގެ ރޭޓުން، މަހަކު 429.00 ރުފިޔާ) 

     ކުލި: އަހަރު 2، 3 އަދި 4 (އަކަފޫޓަކަށް މަހަކު 50 ލާރީގެ މަހަކު 536.25 ރުފިޔާ)

     ކުލި: އަހަރު 5، 6 އަދި 7 (އަކަފޫޓަކަށް މަހަކު 60 ލާރީގެ ރޭޓުން، މަހަކު 643.50 ރުފިޔާ)

     ކުލި: އަހަރު 8، 9 އަދި 10 (އަކަފޫޓަކަށް މަހަކު 1 ރުފިޔާގެ ރޭޓުން މަހަކު 1072.50 ރުފިޔާ)

 

* ވައިލެޓް 13 (ޖުމްލަ 1992.38 އަކަފޫޓް)

     ކުލި: އަހަރު 1 (އަކަފޫޓަކަށް މަހަކު 40 ލާރީގެ ރޭޓުން، މަހަކު 796.95 ރުފިޔާ) 

     ކުލި: އަހަރު 2، 3 އަދި 4 (އަކަފޫޓަކަށް މަހަކު 50 ލާރީގެ މަހަކު 996.19 ރުފިޔާ)

     ކުލި: އަހަރު 5، 6 އަދި 7 (އަކަފޫޓަކަށް މަހަކު 60 ލާރީގެ ރޭޓުން، މަހަކު 1195.43 ރުފިޔާ)

     ކުލި: އަހަރު 8، 9 އަދި 10 (އަކަފޫޓަކަށް މަހަކު 1 ރުފިޔާގެ ރޭޓުން މަހަކު 1992.38 ރުފިޔާ)

 

2) ކުއްޔަށް ދޫކުރެވޭ ހުސް ޢިިމާރާތުގެ ތަފްޞީލާއި ކުލި

* އިމާރާތުގެ ނަން: ފުނަ 3 (ޖުމްލަ 1140 އަކަފޫޓް)

     ކުލި: އަހަރު 1 (އަކަފޫޓަކަށް މަހަކު 2 ރުފިޔާގެ ރޭޓުން، މަހަކު 2،280.00 ރުފިޔާ) 

     ކުލި: އަހަރު 2، 3 އަދި 4 (އަކަފޫޓަކަށް މަހަކު 2.50 ރުފިޔާގެ ރޭޓުން، މަހަކު 2،850.00 ރުފިޔާ)

     ކުލި: އަހަރު 5، 6 އަދި 7 (އަކަފޫޓަކަށް މަހަކު 3 ރުފިޔާގެ ރޭޓުން، މަހަކު 3،420.00 ރުފިޔާ)

     ކުލި: އަހަރު 8، 9 އަދި 10 (އަކަފޫޓަކަށް މަހަކު 3.50 ރުފިޔާގެ ރޭޓުން މަހަކު 3،990.00 ރުފިޔާ)

 

3) ތަންތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

(ހ)  މި އިޢުލާންގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 78 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިއްދުއިން ހުސް ބިންތަކެއް ކުއްޔަށް ދޫކުރުމުގެ ގޮތުން އެ ތަންތަނުގެ ކުލި ކަނޑައެޅުމަށްޓަކައި ދިއްދޫ ކައުންސިލުން ކޮށްފައިވާ ނަންބަރު IUL)251-EDSS/251/2019/8) އިޢުލާން (28 ޖަނަވަރީ 2019) އިން ޢާންމުކޮށް ދަޢުވަތުދީގެން 31 ޖަނަވަރީ 2019 ވަނަ ދުވަހުގެ ރޭ 9:00 ގައި "ހއ ދިއްދުއިން އަލަށް ދޫކުރާ ކުލީ ބިންތަކުގެ އަގު ކަނޑައެޅުމުގެ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުން" މި ނަމުގައި ދިއްދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް ކައުންސިލުން ހުށަހެޅި ކަރުދާހާ މެދު ރައްޔިތުން ފާޅުކުރެއްވި ޚިޔާލުތަކުގެ މައްޗަށް ރިޢާޔަތްކޮށް؛ އަދި 18 ފެބްރުވަރީ 2019 ގައި ދިއްދޫ ކައުންސިލުން ކޮށްފައިވާ ދިއްދޫ ކައުންސިލްގެ ނަންބަރު IUL)251-MS/251/2019/11) އިޢުލާނުން ދިއްދޫގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތުދީގެން 21 ފެބްރުވަރީ 2019 ވީ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ހއ ދިއްދޫގައި ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުގައި މި ކަމާ ބެހޭ ގޮތުން ރައްޔިތުންނާ މަޝްވަރާކޮށް، މި ތަންތަން ކުއްޔަށް ދިނުމަށް ރައްޔިތުން އެދޭ ގޮތް ކަމުގައި ހާމަކުރައްވާފައިވާ ގޮތުގެ މަތިން؛ އަދި 9 މޭ 2019 ވަނަ ދުވަހު ބޭއްވުނު ހއ ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ ޢާންމު ބައްދަލުވުމުގައި ފާސްކޮށްފައިވާ "ހއ ދިއްދުއިން 4 ހުސް ބިމާއި، ރައްޔިތުންގެ 1 ޢިމާރާތް ކުއްޔަށް ދޫކުރުމުގެ އުސޫލު 2019" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެ ތަންތަން ކުއްޔަށް ދިނުމުގެ މުޢާމަލާތާއި، އެ ކަމުގެ އެންމެހާ އިޖްރާޢާތުތައް ވެސް ހިންގުމަށް ހަމަޖެހިފައިވަނީ މި ދެންނެވުނު އުސޫލާ އެއްގޮތަށެވެ.

(ށ)  މި އިޢުލާންގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަން ކުއްޔަށް ހިފުމަށް އެދުމުގެ ފުރުޞަތު، 18 އަހަރުން މަތީގެ ދިއްދޫގެ ރައްޔިތުންގެ ތެރެއިން ދިއްދޫގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ކޮންމެ ފަރާތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. އެހެންނަމަވެސް، ދިއްދޫ ކައުންސިލްގެ އިދާރާއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިފައިވާ ފަރާތެއް ނަމަ، އެ ފަރާތަކަށް މި ތަންތަން ކުއްޔަށް ހިފުމުގެ ފުރުޞަތު ދެވޭނީ، އެ ފައިސާ ދައްކާ ޚަލާޞްކުރުމުންނެވެ.

(ނ)  މި އިޢުލާންގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަން ކުއްޔަށް ހިފުމަށް އެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 މޭ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން 10 ދުވަހުގެ މުއްދަތަށް، (23 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ކޮންމެ ދުވަހަކު ވެސް ހެނދުނު 09:00 އިން 12:00 އަށެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ހެނދުނު 09:00 އިން 13:00 އަށް ދިއްދޫ ކައުންސިލްގެ އިދާރާއިންނެވެ.

(ރ)  މި އިޢުލާންގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަން ކުއްޔަށް ހިފުމަށް އެދޭ ކޮންމެ ފަރާތަކުން ވެސް ކޮންމެ ތަނަކަށް ވެސް ވަކިން ފޯމެއް ހުށަހަޅަންވާނެއެވެ. ކޮންމެ ފަރާތަކަށް ވެސް ކޮންމެ ތަނަކަށް ވެސް ހުށަހެޅޭނީ ގިނަވެގެން 1 ފޯމެވެ. އެހެންނަމަވެސް، ކޮންމެ ފަރާތަކަށް ވެސް ކޮންމެ ޢަދަދަކަށް ވެސް ފޯމް ގަނެވިދާނެއެވެ.

(ބ)  މި އިޢުލާންގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަން ކުއްޔަށް ދޫކުރުމުގެ މަރުޙަލާގެ ތެރޭގައި ހިމެނޭ މުހިންމު ތާރީޚްތައް ތިރީގައި އެވަނީއެވެ.

* 9 މޭ 2019 (ބުރާސްފަތި): ކުއްޔަށް ދޫކުރާ ތަންތަން ކުއްޔަށް ދޫކުރުމަށް އިޢުލާންކުރުން.

* 12 މޭ 2019 (އާދީއްތަ): ކުއްޔަށް ދޫކުރާ ތަންތަން ކުއްޔަށް ހިފުމަށް އެދޭ ފޯމް ދޫކުރަން ފެށުން.

* 23 މޭ 2019 (ބުރާސްފަތި): ކުއްޔަށް ދޫކުރާ ތަންތަން ކުއްޔަށް ހިފުމަށް އެދޭ ފޯމް ބަލައިގަތުމުގެ ސުންގަޑި ހަމަވުން (13:00 ގައި).

* 26 މޭ 2019 (އާދީއްތަ): ކުއްޔަށް ދޫކުރާ ތަންތަން ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ނެރުމާއި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

* 29 މޭ 2019 (ބުދަ): ކުއްޔަށް ދޫކުރާ ތަންތަން ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ދާއިމީ  ލިސްޓް ނެރުން.

* 17 ޖޫން 2019 (ހޯމަ): ކުއްޔަށް ދޫކުރާ ތަންތަން ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ތަންތަން ކުއްޔަށް ދޫކުރުމުގެ ގޮތުން ހއ ދިއްދޫ ކައުންސިލުން ޢަމަލުކުރާނެ ގޮތް ބަޔާންކޮށް ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ ޢާންމު ބައްދަލުވުމުގައި ފާސްކޮށްފައިވާ "ހއ ދިއްދުއިން 4 ހުސް ބިމާއި، ރައްޔިތުންގެ 1 ޢިމާރާތް ކުއްޔަށް ދޫކުރުމުގެ އުސޫލު 2019" ވެސް ޢާންމުކުރީމެވެ.

 

* މި ބިންތަކާއި ހުސް ޢިމާރާތުގެ ޗާޓްތަކާއި ކުރެހުންތައް އަދި މި ކަމަށް ތަައްޔާރުކުރެވިފައިވާ އުސޫލު މި ކައުންސިލްގެ އިދާރާގެ ފޭސް ބުކް ޕޭޖް https://www.facebook.com/Secretariat-of-Dhidhdhoo-Council-North-Thiladhunmathi އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

09 މޭ 2019
ހޯދާ