މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް / ވަގުތީ

ވޭޖް އެމްޕްލޯއިމަންޓް މުއްދަތު:

މީލާދީ 3 މަސް ދުވަސް

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓް/ އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސް ޔުނިޓް.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް، މާލެ

މުސާރަ:

ދުވާލަކު -/250 ރުފިޔާ.

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ވަގުތު:

ހަފްތާއަކު 5 ދުވަހު 6 ގަޑިއިރު.

އެހެނިހެން އެލަވަންސް:

1. މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަސްތައް ފިޔަވައި އިތުރު ދުވަހެއްގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެމަތީން އެދުވަހަކަށް އުޖޫރަ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ކަމާއިބެހޭ ސެކްޝަންތަކުން ހޯދައި ވެރިން އަންގަވާ ގޮތެއްގެ މަތީން އަހަރީ ރިޕޯޓް ތައްޔާރުކުރުން.

2. ސެކްޝަނުގައި ފައިލްކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފައިލްކުރުމުގައި ކަމާއިބެހޭ މުވައްޒަފުންނާއި އެހީތެރިވެދިނުން.

3. ސެކްޝަނަށް އަންނަ ހުރިހާ ލިޔެކިޔުމެއްގެ ރެކޯޑް ބެލެހެއްޓުން.

4. ޔޫޓިލިޓީސް ބިލްތައް ސެކްޝަނަށް ލިބޭތާ 2 ދުވަސްތެރޭގައި ބިލްތަކުގެ ތަފްޞީލް ލޮގްކުރުމަށްފަހު ފައިނޭންސް ސެކްޝަނަށް އެބިލަށް ފައިސާ ދެއްކުމަށް ފޮނުވުން.

5. ކޮންމެ ދުވަހަކުވެސް އެދުވަހަކު އަންނަ ލިޔެކިޔުންތަކާއި އެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ދުވަހުންދުވަހަށް ސެކްޝަންތަކާއި ހަވާލުކުރުން.

6. ކޮންމެ މަހެއްގެ އޮފީސް ހުޅުވާ ލެއްޕުމުގެ ރޯސްޓަރ ތައްޔާރުކޮށް އެކަމާއިގުޅޭ މުވައްޒަފުންނަށް އެންގުން.

7. ސެކްޝަނުގައި ކުރަން ހުންނަ އިދާރީ މަސައްކަތާއި އަދި އެހެނިހެން މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.

8. ރިސެޕްޝަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި ދިމާވާ މައްސަލަތައް ސުޕަވައިޒަރާއި ހަމައަށް ދުވަހުން ދުވަހަށް ރިޕޯޓުކުރުން.

9. ރިސެޕްޝަންގައި މަސައްކަތްކުރާ މުވައްޒަފަކު ޙާޒިރުނުވާ ދަވަހަކު ރިސެޕްޝަންއަށް އަންނަ ލިޔެކިޔުންތައް ކަމާއިބެހޭ ސެކްޝަންތަކަށް ރޫޓްކުރުން.

10. އޮފީހުން ރާވައި ހިންގާ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

11. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރެއްޖެ ހިނދެއްގައި އެމަސައްކަތްތައް ސެކްޝަންގެ ވެރިއެއްގެ ލަފާގެ މަތިންކުރުން.

12. މުވައްޒަފަށް ކޮންމެ މަހަކު ކުރެވުނު މަސައްކަތްތަކުގެ ރިޕޯޓެއް މަސް ނިމޭއިރު ސުޕަވައިޒަރަށް ހުށަހެޅުން.

13. ސުޕަވައިޒަރު އަދި އިސްވެރިއެއް މުވައްޒަފާއި ޙަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މެއި 20 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް (އަމީނީމަގު،މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 މެއި މަހުގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް (އަމީނީމަގު، މާލެ) ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004342 ނަންބަރު ފޯނަށް ނުވަތަ 3004341 ނަންބަރު ފޯނަށެވެ.

04 ރަމަޟާން 1440

09 މެއި 2019

09 މޭ 2019
ހޯދާ