ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ފައިބަރުގެ މަސައްކަތް ކުރުމާ ބެހޭ

`

ނަމްބަރ:248-CAFA/INDIV/2019/36 

އިޢުލާން

ބަނދަރުގައި ފައިބަރުގެ މަސައްކަތް ކުރުމާ ބެހޭ

         މިހާރަކަށް އައިސް ރަށުގެ ބަނދަރުގައި ފައިބަރު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، އެކަމުގެ ޝަކުވާ މިއިދާރާއަށް އަންނަނީ ލިބެމުންނެވެ.

         މިއީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް އެކުލެވޭ ކެމިކަލަކަށް ވާތީ ހާމަކަން ބޮޑު ގޮތެއްގައި ފައިބަރު ކުރުން މީގެ ކުރިންވެސް މިކައުންސިލުން ވާނީ މަނާކޮށްފައެވެ.

         ވީމާ، ރަށުގެ ބަނދަރު ސަރަޙައްދުގައި ފައިބަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެމަސައްކަތް ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި އެފަދަ ކަންކަން ކުރާނަމަ އެމަސައްކަތް ހުއްޓުވުމަށްޓަކައި މިއިދާރާއިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެވާހަކަ ދެންނެވީމެވެ.

         އަދި ދަންނަވަމެވެ. އުޅަނދު ފަހަރުގެ މަރާމާތެއް ކުރަން ބޭނުންވާނަމަ މަސައްކަތް ކުރުމުގެ ކުރިން މިއިދާރާއަށް އަންގަން ވާނެއެވެ. އަދި މަރާމާތު ކުރުމަށް މިއިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން ނޫނީ އެފަދަ މަސައްކަތްވެސް ކޮށް ނެހެދުމަށް ދެންނެވީމެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 އޭޕްރިލް 2019
ހޯދާ