ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޠުރު ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ބެހޭ

`

ނަމްބަރ: (IUL)248-CAFA/248/2019/38 

އިޢުލާން

ފިޠުރު ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ބެހޭ

                 1440 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން، ރަމަޟާންމަހުގެ 2 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ 12.00 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:15 ން 12:00 އަށް މިއިދާރާގައި އޮންނާނެއެވެ. ފިތުރު ޒަކާތަށް މީހަކަށް ދައްކަވަން ޖެހޭ އަދަދަކީ 2.4 ކިލޯ ގޮވާމެވެ. ފައިސާއިންނަމަ މީހަކަށް ދައްކަވާނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއެވެ. ޒަކާތަށް ބަލައިގަތުމަށް ހަމަޖެހިފައިވާ 2.4 ކިލޯ ގޮވާމުގެ އަގުތައް ތިރީގައި އެވަނީއެވެ.

އާދައިގެ ހަނޑުލަށް :           11.00 ރ ( އެގާރަ ރުފިޔާ/- )

ތައިލެންދް ހަނޑުލަށް :          41.00 ރ ( ސާޅީސް ދެރުފިޔާ/ - )

ބާސްމަތީ އާދައިގެ ހަނޑުލަށް :     58:00 ރ ( ފަންސާސް އަށްރުފިޔާ/ - )

ބާސްމަތީ މޮޅު ހަނޑުލަށް :       75.50 ރ ( ހަތްދިހަ ފަސްރުފިޔާ/ ފަންސާސް ލާރި )

ބާސްމަތީ އެންމެމޮޅު ހަނޑުލަށް :   84:00 ރ ( އަށްޑިހަ ހަތަރު ރުފިޔާ/ - )

ރަތް ހަނޑުލަށް :             67.50 ރ ( ފަސްދޮޅަސް ހަތްރުފިޔާ/ ފަންސާސް ލާރި )

އާދައިގެ ފުށަށް:               9.50 ރ ( ނުވަރުފިޔާ/ ފަންސާސް ލާރި )

އާޓާ ފުށަށް:                 53.00 ރ ( ފަންސާސް ތިން ރުފިޔާ/ - )

               ވީމާ، ޒަކާތް ދައްކަވާ ބޭފުޅުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޒަކާތް ދައްކަވައި ނިންމެވުމުގެ މައްޗަށް ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ. އަދި ފައިސާއިން ޒަކާތް ދައްކަވާ ބޭފުޅުން ޒަކާތަށް ދައްކަވަން ޖެހޭ އަދަދަށް ފައިސާ ގެނައުމަށްވެސް ދެންނެވީމެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

02 މޭ 2019
ހޯދާ