ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕަވަރ ބެކްއަޕް ސިސްޓަމް (35KW UPS) އެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/35

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-017-19) PSM-ENG /2019/48

 

 

 

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު 

 

1- އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓްއަށް ބޭނުންވާ ޕަވަރ ބެކްއަޕް ސިސްޓަމް (35KW UPS) އެއް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ((IUL) PSM-FP/PSM/2019/27) އާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.

2- މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ޕަވަރ ބެކްއަޕް ސިސްޓަމް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 މެއި 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

3- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު 500،000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ އިތުރުވާނަމަ ބީލަން ހުށަހަޅާ ފަރާތުން  ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000.00ރ (ދިހަހާސް ރުފިޔާ) ގެ ބެންކް ގެރެންޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ. މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު 1،000،000.00ރ (އެއްމިލިއަން ރުފިޔާ) އަށްވުރެ އިތުރުވާނަމަ ބީލަން ހުށަހަޅާ ފަރާތުން ޕާރފޮމެންސް ސެކިއުރިޓީގެ ގޮތުގައި ބިޑް ކުރާ ފައިސާގެ ޖުމްލަ އަދަދުގެ (ދިހައެއް) ޕަސެންޓް ގެ ބެންކް ގެރެންޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.

4- ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.   

                     24 ޝައުބާން 1440 

                     29 އޭޕްރިލް 2019

30 އޭޕްރިލް 2019
ހޯދާ